ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ. ފިނޭގެ ނަން ރަމްޒުކޮށްދޭ މޮނިއުމެންޓެއް އަމިއްލަތަކެތީގައި ހަދައިދޭނެ ފަރާތެއް ހޯދުމަށް

ކައުންސިލް އިދާރާއިން ދޭ ކުރެހުމާއި އެއްގޮތަށް ހދ.ފިނޭގެ ބަނދަރު ސަރަހައްދު ޒީނަތްތެރިކުރުމަށްޓަކައި ރަށުގެ ނަން ހިމެނޭގޮތައް މޮނިއުމަންޓެއް ހަދައިދޭނެ ހަދައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތް އަމިއްލަތަކެތީގައި ކޮށްދިނުމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެމަތީން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

                     އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 2020 ނޮވެމްބަރ 26 ވާ ބުރާސްފަތި ދުވަހުން ފެށިގެން 2020 ޑިސެމްބަރ 02 ވާ ބުދަ ދުވަހާއި ދެމެދު ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު މި އިދާރާއަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދަންނަވަމެވެ.

  • މައުލޫމާތު ދިނުން – 2020 ޑިސެމްބަރ 06 ވާ އާދިއްތަ ދުވަހުގެ 10:00 ގައި
  • އަންދާސީ ހިސާބު ހުށަހެޅުން – 2020 ޑިސެމްބަރ 16 ވާ ބުދަ ދުވަހުގެ 10:00 ގައި

މައުލޫމާތު ދިނުމާއި އަންދާސީ ހިސާބު  ހުށަހެޅުން އޮންނާނީ  ހދ.ފިނޭ ކައުންސިލްގެ އިދާރާގައެވެ. މައުލޫމާތު ސެޝަންގައި ބައިވެރިވެލެއްވޭނީ ނަންނޯޓް ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.  މައުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާ އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު އެރުވެން ނޯންނާނެވާހަކަ ދަންނަވަމެވެ. ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ  އެއް އަންދާސީހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މިނިސްޓްރީއޮފް  އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.  

25 ނޮވެންބަރު 2020
ހޯދާ