ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގއ.ނިލަނދޫ މަލްޓިޕާރޕަސް ހޯލެއް ހެދުމަށް ބިޑްހުށަހެޅުމާއިބެހޭ

ނަންބަރ: (IUL)241-B/241/2020/29

 

 

             އިއުލާން

 

ގއ. ނިލަންދޫ މަލްޓިޕާރޕަސް ހޯލެއް ހެދުމަށް ބިޑް ހުށަހެޅުމާއިބެހޭ

 

ގއ. ނިލަންދޫ ކައުންސިލާއި ، މިކައުންސިލް ގުޅިގެން ގއ. ނިލަންދޫގައި އެޅުމަށް ހަމަޖެހިފައިވާ މަލްޓިޕާރޕަސް ހޯލް އިމާރާތްކުރުމަށްޓަކައި  ގއ. ނިލަންދޫ ކައުންސިލުން ދޭ މައުލޫމާތާއި ކުރެހުމާއި އެއްގޮތަށް މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ހުޅުވައިފީމެވެ.

                     ވީމާ މިމަސައްކަތް އަމިއްލަ ތަކެތީގައި ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 26 ނޮވެމްބަރ 2020 އިން ފެށިގެން 30 ނޮވެމްބަރ 2020 އާއި ދެމެދު ގއ. އަތޮޅު ކައުންސިލަށް ނުވަތަ ގއ. ނިލަންދޫ ކައުންސިލަށް ރަސްމީ ގަޑީގައި ވަޑައިގެން ބިޑާއިބެހޭ މައުލޫމާތު ހޯދުމަށްޓަކައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށް އީ މެއިލް މެދުވެރިކޮށް ބިޑާއި ބެހޭ މައުލޫމާތު ދެވޭނެއެވެ. މި މަސައްކަތަށް ކުރިމަތި ލެވޭނީ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ގޮތުގައި ވިޔަފާރި ކުރުމަށް ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މިމަސައްކަތާއި ގުޅޭ ޕްރީބިޑް މީޓިންގ އާއި ބިޑް ހުށަހަޅަންޖެހޭ ތާރީޚް ތިރީގައި ބަޔާންކުރެވިފައި އެވަނީއެވެ.  

 

ތަފްޞީލް

ތަން

ތާރީޚް

ދުވަސް

ވަގުތު

 

ޕްރީބިޑް މީޓިންގ

ގއ.އަތޮޅުކައުންސިލްގެ އިދާރާ

ގއ.  ނިލަންދޫ ކައުންސިލްގެ އިދާރާ

03ޑިސެމްބަރ 2020

ބްރާސްފަތި

13.30

ބިޑް ހުށަހެޅުން

ގއ.އަތޮޅުކައުންސިލްގެ އިދާރާ

ގއ. ނިލަންދޫ ކައުންސިލްގެ އިދާރާ

10ޑިސެމްބަރ 2020

ބްރާސްފަތި

13.30

                   މައުލޫމާތު ދިނުމުގެ ސެޝަނަށާއި ( ޕްރީބިޑް މީޓިންގ ) ، ބިޑް ހުށަހެޅުއްވުމަށް ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކަށް އެބައްދަލުވުންތަކުގައި ބައިވެރިވުމުގެ ފުރުޞަތު ނުދެވޭނެއެވެ.

ބިޑް އިވެލުއޭޓްކޮށް މާރކްސް ދެވޭނެ މިންގަނޑު

-          ހުށަހަޅާ އަގަށް                                            60%

-          މުއްދަތަށް                                              10%

-          ތަޖުރިބާ އަށް                                            15%

-          މާލީ ތަނަވަސްކަމަށް                                        15%

                   މިހެންވެ މިކަން އާންމުކޮށް އަންގާ އިއުލާންކުރީމެވެ.

                   20 ރަބީއުލްއާޚިރް    1442 ހ.

                   25 ނޮވެމްބަރ      2020 މ   

25 ނޮވެންބަރު 2020
ހޯދާ