ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ. ފިނޭގެ ނަން ރަމްޒުކޮށްދޭ މޮނިއުމެންޓް ޑިޒައިން ކުރުމުގެ މުއްދަތު އިތުރުކުރުން

ރަށަށް ލަފާފުރާ މީހުންނަށް ފެންނާނެހެން، ރަށުގެ ބަނދަރު ސަރަހައްދުގައި ރަށުގެ ނަން ރަމްޒްކޮށްދޭ މޮނިއުމެންޓެއް ހެދުމަށް ބޭނުންވާތީވެ، މި މޮނިއުމަންޓް ޑިޒައިންކުރުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލާ ކުރެވުނު އިޢުލާން ނަންބަރު (IUL)259/2020/55 އާ ގުޅިގެން އެއްވެސް ފަރާތަކުން ޑިޒައިން ހުށައަޅާފައިނުވަތީ، އެ އިޢުލާން ބާޠިލުކޮށް، މޮނިއުމެންޓްގެ ޑިޒައިން ހުށައެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.                                            

    ރަށަށް ލަފާފުރާ މީހުންނަށް ފެންނާނެހެން، ރަށުގެ ބަނދަރު ސަރަހައްދުގައި ރަށުގެ ނަން ރަމްޒްކޮށްދޭ މޮނިއުމެންޓެއް ޑިޒައިންކޮށް ހުށަހެޅުމަށް އެދޭ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ މޮނިއުމެންޓް ފަރުމާކުރުމުގެ މިންގަނޑުތަކާއި އެއްގޮތަށް ހުށަހެޅުއްވުންއެދެމެވެ.

މޮނިއުމެންޓް ޑިޒައިން ހުށަހަޅާއިރު ބަލަންޖެހޭ ކަންތައްތައް:

  • ހދ.ފިނޭގެ ޘަޤާފަތާއި އަދި މިނޫންވެސް ރަށް މަޝްހޫރުވެފައިވާ ކަންކަން ނުވަތަ ކަމެއް ރަމްޒުކޮށްދޭ ޑިޒައިނެއް ކަމުގައިވުން.
  • ހުށަހަޅާ ޑިޒައިނަކީ އުފެއްދުންތެރި، އަމިއްލަވަންތަ ޑިޒައިނެއްކަމުގައިވުން.

ޑިޒައިން ފަރުމާކޮށް ހުށަހަޅަންޖެހޭ ފޯމެޓް:

  • މޮނިއުމަންޓް ޑިޒައިންގެ ރޯ (RAW) ފައިލް ހުށަހަޅަންވާނެއެވެ. (ޑިޒައިން ފަރުމާކޮށްފައިވާ އެޕްލިކޭޝަންގެ ޑިފޯލްޓް ފޯމެޓް)
  • ޑިޒައިންގެ ގްރޭސްކޭލް އަދި ކުލަ ޕީ.ޑީ.އެފް ފައިލެއް ހުށަހަޅަންވާނެއެވެ.

އެހެނިހެން ސްޕެސިފިކޭޝަންތަކާއި ހުށަހަޅަންޖެހޭ ކަންކަން

  • މޮނިއުމެންޓުގެ ޑިޒައިންގައި " ހދ.ފިނޭ " "HDH.FINEY" އިނގިރޭސި ބަހުން އަދި ދިވެހި ބަހުން ލިޔެވިފައި އޮންނަންވާނެއެވެ.
  • މޮނިއުމަންޓްގެ އަކުރުތަކުގައި ފޮންޓުގެ ގޮތުގައި ބޭނުންކުރަންވާނީ ކިޔާލަންފަސޭހަ އަދި ރީތި ފޮންޓެކެވެ.
  • މޮނިއުމަންޓް ޑިޒައިންގައި ބޭނުންކުރާ ކުލަތަކުގެ ކޯޑު އަދި ބޭނުންކުރެވިފައިވާ ކުލަތަކުގެ މުރާދު ކުރު ލިޔުމަކުން ބަޔާންކުރަންވާނެއެވެ.
  • ހުށަހަޅާ ޑިޒައިނަކީ މޮނިއުމަންޓް ހެދުމުގައި އާންމުކޮށް ބޭނުންކުރާ މެޓީރިއަލްތަކުން ހެދޭނެ ފަދަ ޑިޒައިނަކަށްވާންވާނެއެވެ.
  • މޮނިއުމަންޓް ޑިޒައިންގައި ހިމަނާފައިވާ ކުލަތަކުގެ RGB ކަލަރ ކޯޑްތައް އެނގެންހުންނަންވާނެއެވެ.
  • ފަރުމާ ކުރެވިފައިވާ މޮނިއުމެންޓްގެ ޑިޒައިން ހދ.ފިނޭއާއި ގުޅުންހުރި ގޮތް، ކުރު އިބާރާތްކޮޅަކުން ބަޔާންކޮށްފައި އޮންނަންވާނެއެވެ.
  • ބައިވެރިވާ ފަރާތްތަކަށް މޮނިއުމަންޓްގެ އެއް ޑިޒައިނަށް ވުރެ ގިނަ ޑިޒައިން ހުށައެޅިދާނެއެވެ.

ހުށަހަޅާ ޑިޒައިނަށް މާރކްސް ދިނުމުގައި ބަލާނެ މިންގަނޑުތަކާއި އުސޫލުތައް:

  • މޮނިއުމަންޓް ޑިޒައިން ހެދިފައިވަނީ މަތީގައި ބަޔާންކޮށްފައިވާ މިންގަނޑުތަކާ އެއްގޮތަށްތޯ ބަލައި ފާސްކުރެވޭނެއެވެ.
  • ޑިޒައިން ފަރުމާތަކަށް އިންސާފު ކުރައްވާނީ ހުށަހެޅި ފަރާތް ސިއްރުކުރުމަށްފަހު، ހދ.ފިނޭ ކައުންސިލުގެ އިދާރާއިން މިކަމަށް އެކުލަވާލާ ކޮމިޓީއަކުންނެވެ.
  • ހުށަހަޅާ ޑިޒައިންއަށް މާރކްސް ދިނުމުގައި ޑިޒައިންގެ ޓެކްނިކަލް ފެންވަރާއި ކޮލިޓީ

( ކޮމްޕޮޒިޝަން) ، މި ރަށުގެ ސިފަތައް ރަމްޒުކޮށްދޭ މިންވަރު، އުފެއްދުންތެރިކަމަށް ބެލޭނެއެވެ.

އެއްވަނައަސް ހޮވޭ ޑިޒައިން:

  •  އެއްވަނަ އަށްހޮވޭ ފަރާތަށް އެކަން އީމެއިލް ނުވަތަ ފޯނުގެ ޒަރީއާއިން އެންގޭނެއެވެ.
  •  އެއްވަނަ އަށްހޮވޭ ޑިޒައިން ހުށަހެޅުއްވި ފަރާތަކަށް ލިބޭ އިނާމަކީ /- 5000 (ފަސްހާސް) ރުފިޔާއެވެ.

ޑިޒައިން ހުށަހެޅުމުގެ ސުންގަޑި އަދި ހުށަހަޅަންވީގޮތް:

  • މަތީގައި ބަޔާންކުރެވިފައިވާ ފޯމެޓްތަކަށް ޑިޒައިން ތައްޔާރުކޮށް، 2020 ނޮވެމްބަރ 25 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރީން، ހުށަހަޅާ ފަރާތުގެ އައި.ޑީ.ކާރޑްގެ ކޮޕީއަކާއެކު، އެފަރާތަށް ގުޅޭނެ ފޯންނަމްބަރ އިނގޭނެގޮތަށް މި އިދާރާގެ އީމެއިލް [email protected] އަށް މެއިލް ކުރަންވާނެއެވެ.
24 ނޮވެންބަރު 2020
ހޯދާ