ދިވެހިރާއްޖެ
މިރަށު ޤަބުރުސްތާނު ވިނަނޮޅާ، ކުނިކަހާ ސާފުކޮއްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރި ނަންބަރ (IUL)280-PRO/INDIV/2020/39 (08 ނޮވެމްބަރ 2020) އިއުލާނާގުޅިގެން ހުށަހަޅާފައިވާ އަގުތައް ބޮޑުކަމަށް ފެންނާތީ އެއިއުލާން ބާތިލްކޮށް، އަލުން އެފުރުޞަތު ހުޅުވާލަމެވެ . ވީމާ، މިއިދާރާއިންދޭ މަޢްލޫމާތާއިއެއްގޮތަށް ޤަބުރުސްތާނު ވިނަނޮޅާ، ކުނިކަހާ ސާފުކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން މިމަސައްކަތް ކޮއްދެވޭނެ އަގު (އަންދާސީ ހިސާބު) މަސައްކަތް ނިންމާލެވޭނެ މުއްދަތު އެނގޭގޮތަށް ތައްޔާރުކޮށް 2020 ޑިސެމްބަރ 01 ވާ އަންގާރަދުވަހުގެ 13:00 އަށް މިއިދާއަށް ހުށަހެޅުމަށް ދަންނަވަމެވެ. މިމަސައްކަތާއި ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު 6540051 އާއި ގުޅުއްވުމަށް ދަންނަވަމެވެ.
އަންދާސީ ހިސާބު ހުށަހެޅުން:
އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާފަރާތުގެ ނަމާއި އެޑްރެހާއި އިޢުލާން ނަންބަރާއި އަންދާސީ ހިސާބު ހުށަހެޅޭ މަސައްކަތް ލިޔެ، މިއިދާރާއަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ހުށަހަޅުއްވާ ފަރާތުގެ އައިޑީކާޑުގެ ކޮޕީއަކާއެކު ހުށަހެޅުއްވުންއެދެމެވެ. ބަދަލުގައި ބޭފުޅަކު ފޮނުއްވާ ނަމަ ބަދަލުގައި ފޮނުވާފަރާތުގެ ނަމާއި އެޑްރެސް އެނގޭ ގޮތަށް ހުށަހަޅާފަރާތުގެ ސިޓީއެއް ބަދަލުގައި ފޮނުވާފަރާތުގެ އައިޑީކާޑު ކޮޕީއަކާއިއެކު ހުށަހެޅުއްވުންއެދެމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރަމެވެ.