ދިވެހިރާއްޖެ
|
ނ. އަތޮޅު މަދަރުސާ
ނ.މަނަދޫ، ދިވެހިރާއްޖެ
ނަމްބަރ 11GS35/2020/
އިޢުލާން
ސްކޫލުގެ ސެކިޔުރިޓީ ބެލެހެއްޓުމާއިބެހޭ.
2021 ވަނަ އަހަރު މިސްކޫލްގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ފުރުޞަތު ހުޅުވާލަމެވެ.
މި މަސައްކަތަށް އެދި ހުށައެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު ( ޤާނޫނުނަންބަރު 18/2014)ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، ކުންފުނި، ޖަމްޢިޔާތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު( ޤާނޫނު 19/2014 ) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ވީމާ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2020 ނޮވެމްބަރ 23 އިން 2020 ޑިސެމްބަރ 02 އަށް ބަންދުނޫން ދުވަސްތަކުގެ 9.00 އިން 13.30 އަށް ސްކޫލަށްދުރުވެ ނަންނޯޓްކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓްކުރާ ފަރާތްތަކަށެވެ.
ސެކިޔުރިޓީ ބެލެހެއްޓުމާއި ގުޅޭ މަޢުލޫމާތު ދިނުންއޮންނާނީ 2020 ޑިސެމްބަރ 03 ވަނަ ދުވަހުގެ 11.00 ގައި ނ. އަތޮޅު މަދަރުސާގައެވެ. ބިޑުހުށަހެޅުމާއި ބިޑްހުޅުވުން އޮންނާނީ 2020 ޑިސެމްބަރ 10 ވަނަ ދުވަހުގެ 11.00 ގައި ނ. އަތޮޅު މަދަރުސާގައެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަދެންނެވީމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި،އަންދާސީ ހިސާބު ހުށައަޅުއްވަން ނަންނޯޓް ކުރިފަރާތަކަށް ވަޑައިގެންނެވެންނެތްނަމަ ބަދަލުގައި އެހެން ފަރާތެއް ފޮނުއްވެވިދާނެއެވެ. ބަދަލުގައި ވަޑައިގަންނަވާ ފަރާތެއްނަމަ، ބަދަލުގައި ވަޑައިގަނަވާކަމުގެ ލިޔުމަކާއި، އެފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަންވާނެއެވެ. އަދި އަންދާސީ ހިސާބު ހުށައަޅުއްވާއިރު ހުރިހާ ލިޔެކިޔުމެއް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. އަންދާސީ ހިސާބުތައް ކެނޑޭނީ އަންދާސީ ހިސާބު ހުށައަޅުއްވާ އެންމެންގެ ހާޟިރުގައިކަމުގައިވާތީ ހުރިހާފަރާތްތަކަކުންވެސް ގަޑިއަށް ވަޑައިގަތުމަށް ސަމާލުކަންދެއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިސްކޫލްގެ 6560003 ނަމްބަރު ފޯނާ ގުޅުއްވުން އެދެމެވެ.
08 ރަބީޢުލްއާޚިރު 1442
23 ނޮވެމްބަރ 2020