ދިވެހިރާއްޖެ
އިޢުލާން
ރ.ދުވާފަރު 27.05ގެ ރަޖިސްޓްރީ ކުރުމާއިބެހޭ:
ރ. ދުވާފަރު 27.05 ނަމްބަރުގޭ ރ. ކަނދޮޅުދޫ ކަރަންކާގެ ، އާމިނަތު ޢަބްދުއްލަޠީފްގެ ނަމުގައި ރަޖިސްޓްރީކޮށް ދިނުމަށްއެދި މި އިދާރާއަށްވަނީ ހުށަހަޅާފައެވެ. މިގޭ އޭދެފަރާތުގެ ނަމުގައި ރަޖިސްޓްރީކޮށް ދިނުމުގެ ކުރިން މިގެއާއިބެހޭ ގޮތުން އެއްވެސް މައްސަލައެއް އަދި ޝަކުވާއެއް އެއްވެސް ފަރާތަކުން ހުށަހަޅަން ބޭނުންވާނަމަ، ނުވަތަ އެއްވެސް ފަރާތަކުން ޝަރީއަތަށް މިގެއާއިބެހޭ ގޮތުން އެއްވެސް މައްސަލައެއް ހުށަހަޅަފައިވާނަމަ އެކަން މިއަދުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި މި އިދާރާއަށް އެންގެވެން އެދެމެއެވެ.
މިމުއްދަތުގެ ތެރޭގައި އެއްވެސް ފަރާތަކުން އެފަދަ ކަމެއް މިއިދާރާއަށް ހުށަހަޅާފައިނުވާނަމަ، އެފަދަ ކަމެއްނެތީ ކަމަށް ބަލައި، ރ. ދުވާފަރު 27.05 ނަމްބަރުގޭ ރ. ކަނދޮޅުދޫ ކަރަންކާގެ ، އާމިނަތު ޢަބްދުއްލަޠީފްގެ ނަމުގައި ރަޖިސްޓްރީކޮށް ދިނުމުގެ އެންމެހައި ކަންކަން ކުރިއަށް ގެންދެވޭނެކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
08 ރަބީޢުލްއާޙިރު 1442
23 ނޮވެމްބަރ 2020
އިޒްމީލް އަޙްމަދު
ރ. ދުވާފަރު ކައުންސިލް މެމްބަރު