މަދަރުސަތުއްޝައިޚް އިބްރާހީމް، ހއ. ކެލާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ހއ.ކެލާ ޝެއިޚު އިބްރާހީމް ސްކޫލްގެ 2021 ވަނަ އަހަރުގެ ސެކިޔުރިޓީ ބެލެހެއްޓުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަށް ބޭނުންވުން
ބީލަން ހުށަހެޅުމުގެ ދަޢުވަތު
- ހއ.ކެލާ ޝެއިޚު އިބްރާހީމް ސްކޫލްގެ 2021 ވަނަ އަހަރުގެ ސެކިޔުރިޓީ ބެލެހެއްޓުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަށް ބޭނުންވެއެވެ.
- މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2020 ނޮވެމްބަރ 23 އިން 03 ޑިސެމްބަރ 2020 އަށް ބަންދުނޫން ކޮންމެ ދުވަހަކު 11:00 އިން 13.00 އަށް މިސްކޫލްގެ އިދާރާއަށް ވަޑައިގަތުމުން ނަންނޯޓް ކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ. ނަންނޯޓްކުރަށް ވަޑައިގަންނަވާއިރު ވިޔަފާރި ރަޖިސްޓްރީ ކޮޕީއާއިއެކު ވަޑައިގަންނަވާ ބޭފުޅެއްގެ އައިޑީ ކާރޑް، ޑްރަވިންގް ލައިސެންސް ނުވަތަ ޕާސްޕޯޓް ކޮޕީ ހުށައަޅަށް ވާނެއެވެ. ބީލަށް ހުށައެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
- މިމަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 07 ޑިސެމްބަރ 2020 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑުރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- މިމަސައްކަތާއި ގުޅޭގޮތުން ބާއްވާ ޕްރިބިޑް މީޓިންގ އޮންނާނީ 2020 ޑިސެމްބަރ 06 ވާ އާދީއްތަ ދުވަހުގެ ހެދުނު 10:30 ގައި ހއ.ކެލާ ޝެއިޚް އިބްރާހީމް ސްކޫލްގެ އޭވީރޫމުގައެވެ.
- ބީލަން ހުށައެޅުމާއި ހުޅުވުން އޮންނާނީ 2020 ޑިސެމްބަރ 08 ވާ އަންގާރަ ދުވަހުގެ ހެދުނު 10:30 ގައި ހއ.ކެލާ ޝެއިޚް އިބްރާހީމް ސްކޫލްގެ އޭވީރޫމުގައެވެ.
- މިކަމާއިގުޅޭ ބީލަން ފޮތް އިޢުލާނާއެކު އެޓޭޗްކުރެވިފައިވާނެ ވާހަކަވެސް ދެންނެވީމެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑުރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޝެއިޚު އިބްރާހީމް ސްކޫލް
މިސްކިތްމަގު ކެލާ، ދިވެހިރާއްޖެ.
ފޯން: 6500097
އީ-މެއިލް: [email protected]
23 ނޮވެންބަރު 2020
ހޯދާ