ދިވެހިރާއްޖެ
`
ކެޔޮދޫ ސްކޫލް
ވ، ކެޔޮދޫ / ދިވެހިރާއްޖެ އިޢުލާން ނަންބަރ: GS70/IUL/2020/09
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ކެޔޮދޫ ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް
1. މި ސްކޫލް ސެކިއުރިޓީ 01 ޖެނުއަރީ 2021 އިން 31 ޑިސެމްބަރ 2021 އަށް ބަލަހައްޓައި ދޭނެ ފަރާތެއް ހޯދުމަށް ވަނީ ބޭނުންވެފައެވެ. މިމަސައްކަތަށް ބީލަން ހުށައެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
2. މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 23 ނޮވެމްބަރ 2020 ން 01 ޑިސެމްބަރ 2020 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:30 އިން 13:00 އަށް މިސްކޫލުގެ އިދާރާ އަށް ވަޑައިގަތުމުން ނަންނޯޓް ކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ. އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް ތިރީގައި ދެންނެވިފައިވާ އެޑްރެސްއަށް ކުންފުނި/ވިޔަފާރީގެ ރަޖިސްޓްރީ ކޮޕީ، ފޯން ނަންބަރ، ގުޅޭނެ ފަރާތެއްގެ މަޢުލޫމާތު، 01 ޑިސެމްބަރ 2020 ވާ އަންގާރަ ދުވަހުގެ 13:00 ކުރިން އީމެއިލް ކުރެއްވުން އެދެމެވެ.
3. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
4. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 01 ޑިސެމްބަރ 2020 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
5. ބީލަން ހުށައެޅުމާއި ހުޅުވުން އޮންނާނީ 02 ޑިސެމްބަރ 2020 ވާ ބުދަ ދުވަހުގެ 10:00 ގައި ކެޔޮދޫ ސްކޫލްގައެވެ.
6. މިޕްރޮޖެކްޓާއި ގުޅޭ ބީލަންފޮތް އިޢުލާނާއެކު އެޓޭޗްކުރެވިފައި ވާނެވާހަކަވެސް ދެންނެވީމެވެ.
7. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ކެޔޮދޫ ސްކޫލް
ވ. ކެޔޮދޫ، ދިވެހިރާއްޖެ.
ފޯން: 6700804 ، 7476523،7468184
އީ-މެއިލް: [email protected]
23 ނޮވެމްބަރު 2020