ދިވެހިރާއްޖެ
އިނގުރައިދޫ ސްކޫލް
ރ. އިނގުރައިދޫ، ދިވެހިރާއްޖެ
ނަންބަރ: GS124/ IUL/2020/06
އިޢުލާން
ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާގުޅޭ.
މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، 01 ޖަނަވަރީ 2021 އިން 31 ޑިސެންބަރު 2021 އަށް މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 02 ޑިސެންބަރު 2020 ވާ ބުދަ ދުވަހުގެ 11:00 ގައި މިސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 08 ޑިސެންބަރު 2020 ވާ އަންގާރަ ދުވަހުގެ 11:00 ގައި މިސްކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުންނާއި ގަޑިޖެހުމަށްފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެއެވެ. އަދި ދަންނަވަމެވެ. މިކަމަކީ ވިޔަފާރި ރަޖިސްޓްރީ ކޮށްގެން ކުރަންޖެހޭ މަސައްކަތަކަށްވާތީ އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން މިސްކޫލްގެ ފޯނު ނަންބަރު 6580002 އާއި ގުޅުއްވުން އެދެމެވެ.
07 ރަބީޢުލްއާޚިރު 1442ހ
22 ނޮވެމްބަރ 2020މ