ވ. އަތޮޅު ތަޢުލީމީ މަރުކަޒު، ވ. ފެލިދޫ
ދިވެހިރާއްޖެ
ސެކިއުރިޓީ ބެލެހައްޓުން

މި އިޢުލާންވަނީ 22 ނޮވެންބަރު 2020 13:22 ގައި ބާތިލް ކުރެވިފައެވެ.


އިޢުލާން

  •        އަންދާސީ ހިސާބު ހުށައެޅުމުގެ ދަޢުވަތު (ވ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ސެކިއުރިޓީ ބެލެހެއްޓުން)

       މިމަރުކަޒުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.ވީމާ،މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 25 ނޮވެމްބަރ 2020 ވަނަ ދުވަހު 1:00 އަށް މިމަރުކަޒަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 1 ޑިސެމްބަރ 2020ވަނަ ދުވަހުގެ 1:00އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިމަރުކަޒަށް ދުރުވެ އަންދާސީ ހިސާބު ހުށާއެޅުއްވުން އެދެމެވެ.އަންދާސީ ހިސާބު ހުށައަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައި އެކަމަށް ކަނޑައެޅިފައިވާ ވަގުތުގައެވެ. އަދި މިސިޓީއުރައިގެ ބޭރުގައި "ވ.އަތޮޅުތަޢުލީމީ މަރުކަޒުގެ ސެކިޔުރިޓީ ބެލެހެއްޓުން" މިހެންލިޔެފައި އޮންނަންވާނެއެވެ.

     ގަޑިޖެހުމަށްފަހު ގެންނަވާ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެއެވެ. އަދި އަންދާސީ ހިސާބު ހުށައަޅުއްވަން ވަޑައިގަންނަވާއިރު  ވަޑައިގަންނަވާ ބޭފުޅާގެ އައިޑީކާޑު ގެންނެވުން އެދެމެވެ.

        މިކަމަށް ކުރިމަތި ލެވޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ވިޔަފާރިކުރުމަށް ރަޖިސްޓްރީކުރެވިފައިވާ ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީ ޤާނޫނު (19/2014) ގެދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް އެކަންޏެވެ.

  • ·        ބިޑްއިވިލުއޭޓް ކުރުމާއި ޕޮއިންޓް ދެވޭގޮތްތައް

1-     ތަޖުރިބާއަށް:  15%  (އެންމެ ގިނަދުވަހު ސެކިޔުރިޓީ ބެލެހެއްޓުމުގެ ޙިދުމަތް ދީފައިވާ ފަރާތަކަށް)

2-     ސެކިޔުރިޓީ ބެލެހެއްޓުމުގެޤާބިލުކަން: ސެކިއުރިޓީ ބެލެހެއްޓުމުގެ ޓްރެއިނިގއެއް ފުރިހަމަކޮށްފައިވާ ފަރާތް ތަކުން ސެކިޔުރިޓީ ކުރާގޮތަށް ހުށައަޅާ ފަރާތަކަށް

3-     މަސައްކަތުގެ އަގަށް: 70% ( އެންމެ ކުޑައަގެއް ހުށައަޅާ ފަރާތަކަށް )

              

           

                                            

22 ނޮވެންބަރު 2020
ހޯދާ