ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުސަތު ނަންބަރ: (IUL)421/421/2020/30
މަޤާމް: |
އެޑްމިނިސްޓްރޭޓިވް އޮފިސަރ |
|||
މަޤާމުގެ ނަންބަރ: |
J-295935 |
|||
ބޭނުންވާ އަދަދު: |
01 |
|||
މަޤާމުގެ ގިންތި: |
ދާއިމީ |
|||
މަޤާމުގެ ރޭންކް: |
ޖީއެސް 3 |
|||
މަޤާމްގް ކްލެސިފިކޭޝަން: |
އޮފިސަރ ގްރޭޑް 1 |
|||
ވަޒީފާ އަދާ ކުރަންޖެހޭ ތަން: |
||||
މުސާރަ: |
-/4465 |
|||
ސާރވިސް އެލަވަންސް |
މަހަކު: 1500.00 |
|||
އެހެނިހެން އެލަވަންސް: |
1. ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ދެވޭ އިތުރުގަޑީގެ ފައިސާ
3. ސަޕޯޓިންގ ކޯ އެލަވަންސް 2: މަހަކު -/700 ( ހަތްސަތޭކަ ރުފިޔާ )
|
|||
މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތުތަކާއި ވާޖިބްތައް: |
1. އޮފީސް ހުޅުވަންޖެހޭ މަސްތަކުގައި ގަޑިޖެހުމުގެ 10 މިނެޓް ކުރިން އޮފީސް ހުޅުވުމާއި،ރަސްމީގަޑި ނިމުމުން އޮފީސް ބަންދުކުރުން.
2. އޮފީސް ހުޅުވާ މަސްތަކުގައި ވެރިން އަންގާ ނުރަސްމީގަޑިތަކުގައި އޮފީސް ހުޅުވުމާއި އޮފީސް ބަންދުކުރުން.
3. އޮފީސް ޔައުމިއްޔާ އާއި މުހިއްމު ކަންތައްތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.
4. ދަނޑުވެރިކަމާބެހޭ އެންމެހާ މަޢުލޫމާތު އެއްކުރުމާއި،ދަނޑުވެރިކަމާބެހޭ ރިޕޯޓްތައް ތައްޔާރުކުރުމާއި،ރިޕޯޓް ފޮނުވުމާއި،ރެކޯޑް ބެލެހެއްޓުން.
5. ސަރުކާރުގެ މުދަލާއި ފައިސާ ބެލެހެއްޓުމުގެ ޤަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އެސްޓިމޭޓްތައް އިޢުލާންކުރުމާއި،އެސްޓިމޭޓްތައް ބަލައިގަތުމާއި،އެސްޓިމޭޓްތައް ކާމިޔާބްކުރާ ފަރާތްތަކާއި މަސައްކަތް ހަވާލުކުރުމާއި،އެފަދަ ފަރާތްތަކާއި ދެމެދު އެގްރީމެންޓް ހެދުމާއި،އެގްރީމެންޓްތައް ބެލެހެއްޓުމާއި،އެމަސައްކަތް ކުރާ ފަރާތަށް ފައިސާ ހޯދައިދިނުމާއި،މަސައްކަތް ނިމުމުން އެމަސައްކަތް ބަލައިގަތުން.
6. އެކިއެކި ހާދިސާ ތަކާއި ކާރިޘާތަކާއި ބެހޭ މަޢުލޫމާތު އެއްކުރުމާއި،ރިޕޯޓް ފޮނުވަންޖެހޭ ފަރާތްތަކަށް ރިޕޯޓް ފޮނުވުމާއި ރެކޯޑް ބެލެހެއްޓުން.
7. ރަށުގެ އެކިއެކި މުވައްސަސާތަކުން ހިންގާ އިޖުތިމާޢީ ޕޮރްގްރާމް ތަކުގައި ކައުންސިލް އިދާރާއިން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
8. ހަވާލުކުރެވިފައިވާ އެންމެހައި މަސައްކަތްތަކުގެ ރިޕޯޓްތައް ގަވާއިދުން އެކަމާ ގުޅުންހުރި މުވައްސަސާތަކަށް ފޮނުވުން..
9. ގޭގޭގެ ރަޖިސްޓްރީ އާއިބެހޭ އެންމެހައި މަސައްކަތްތައް ކުރުން.
10. އުފަންދުވަހުގެ ސެޓްފިކެޓް ހެދުމުގެ މަސައްކަތް ކުރުން.
11. އިންތިޚާބް ތަކާއިބެހޭ އެންމެހައި މަސައްކަތްތައް ކުރުން.
12. ދާއިމީ މުވައްޒަފުންގެ ރަޖސިްޓްރީ،ވަގުތީ މުވައްޒަފުންގެ ރަޖިސްޓްރީ،މުވައްޒަފުންގެ ޗުއްޓީ އާއި ސަލާމުގެ ރެކޯޑް އަދި މުވައްޒަފުންގެ ހާޒިރީ އާއި ވަގުތީ މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓުން.
13. ރަށާއި ރަށުން ބޭރުގައި ބާއްވާ ވޯކްޝޮޕް ތަކާއިބެހޭ އެންމެހައި ކަންތައްތައް ބެލެހެއްޓުން.
14. ރަސްމީ މުނާސަބަތުތައް ފާހަގަކުރުމަށްޓަކާ ކުރަންޖެހޭ އެންމެހައި މަސައްކަތް ވެރިންގެ ލަފަޔާއި މަޝްވަރާގެމަތިން އިންތިޒާމުކޮށް ބެލެހެއްޓުން.
15. ފަޅުރަށްރަށާއިބެހޭ އެންމެހައި ކަންތައްތައް ބެލެހެއްޓުން.
16. ތިމާވެއްޓާއިބެހޭ އެންމެހައި ކަންތައްތައް ބެލެހެއްޓުން.
17. އޮފީސް ހިންގެވުމަށްހުން ވެރިއަކު އަންގަވާ އޮފީހުގެ މަސައްކަތްތަކާއި އިޖުތިމާޢީމަސައްކަތްތައް ކުރުން.
18. މިސްކިތް ތަކާއި ބެހޭ އެންމެހައި މަސައްކަތް ކުރުން.
|
|||
މަޤާމުގެ ޝަރުޠު |
1. ސާނަވީ ނުވަތަ އެއާ އެއްފެންވަރެއްގެ އިމްތިޙާނަކުން 02 މާއްދާއިން ދަށްވެގެން " ޑީ " ގްރޭޑް ލިބިފައިވުމާއެކު އޭގެ އިތުރުން " ސެކަންޑްރީ ސްކޫލް " ނުވަތަ " ހަޔަރ ސެކަންޑްރީ ސްކޫލް " އިމްތިޙާނުގައި " ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.
|
|||
ހުށަހަޅަންޖެހޭ ލިޔެ ކިޔުންތައް: |
1. ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށްއެދޭ ފޯމް ( މި ފޯމް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުންނާއި މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެވެ.)
2. ވަޒީފާއަށްއެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯން ނަންބަރާއި އީމެއިލް ހިމެނޭގޮތަށް )
3. ވަޒީފާއަށް އެދޭފަރާތުގެ މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ އަދި ލިޔެފައިވާ ލިޔުންތައް ކިޔަންއެގޭފަދަ ކޮޕީއެއް.
4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުންކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން މުވައްޒަފު ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
5. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ:
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވެލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމްދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކާއި،ޓްރާންސްކްރިޕްޓް ނުވަތަ ސެޓްފިކެޓް ނެތް ހާލަތްތަކުގައި ކޯސްފުރިހަމަކުރި ކަމުގެ ލިޔުމާއި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމްކިއުއޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ. (ށ) މަތީ ތަޢުލީމްދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި،ޓްރާންސްކްރިޕްޓްގެ ކޮޕީ:ނުވަތަ ކޯސްފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. 6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓް ތަކުގެ ކޮޕީ.
7. ސިވިލް ސަރވިސްގެ ވަޒީފާއަށްވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ އެސެޓްފިކެޓްގެ ކޮޕީ:
8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
(ހ) ސިވިލްސާރވިސްގެ ވަޒީފާއެއްގައި ، ދައުލަތުގެ މުވައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ / ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި ވަޒީފާގެ މަސްޢޫލިއްޔަތު ( އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ،ވަޒީފާ އަދާކުރި މުއްދަތާއި،ވަޒީފާގެ މަސްޢޫލިއްޔަތުތައް ( އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް ) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން: ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކްފޯމް. (ނ) ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އުވާލާފައިވާ ތަންތަނުގައި މަސައްކަތްކޮށްފައިވާނަމަ ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމްތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯރމް (ރ) ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމްއިއްޔާ / ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް ( އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް ) ވަކިވަކިން ބަޔާންކޮށް އެތަނަކުން ދޫކޮށްފައިވާ ލިޔުން އަދި އެ ޖަމްޢިއްޔާ / ޖަމާޢަތަކީ ހިނގަމުންދާ ޖަމްޢިއްޔާ / ޖަމާޢަތެއްކަން ބަޔާންކޮށް އެތަނަކުން ދޫކޮށްފައިވާ ލިޔުން. |
|||
ވަޒީފާއަށް އެންމެ ޤާބިލް މީހަކު ހޮވުމުގައި ބެލޭނެ ކަންތައްތައް: |
||||
ދާއިރާ |
ބެލޭނެ ބައިތައް |
މާރކްސް |
އިންސައްތަ ( % ) |
ކެޓެގަރީގެ ޖުމްލަ އިންސައްތަ |
ތަޢުލީމާއި ތަމްރީން |
ލިބިފައިވާ ތަޢުލީމް |
35 |
35 |
40 |
|
މަސައްކަތުގެ ދާއިރާއާއި ގުޅޭ ކުރުމުއްދަތުގެ ތަމްރީން |
30 |
05 |
|
އިމްތިޙާން |
"ސިވިލްސާރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާން" |
12 |
05 |
05 |
މަސައްކަތުގެ ތަޖްރިބާ |
މަޤާމްގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖްރިބާ |
33 |
10 |
10 |
ލިބިފައިވާ ހުނަރު |
އިންޓަރވިއު / ޕްރެކްޓިކަލްސް |
100 |
45 |
45 |
ޖުމްލަ |
|
210 |
100 |
100 |
ނޯޓް: މަގާމަށް ޢައްޔަށް ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ %45 ( ސާޅީސް ފަހެއް ) އިންސައްތައަށްވުރެ މަތިވާން ޖެހޭނެއެވެ. |
||||
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި |
މަޤާމަށް އެދި ހުށަހަޅަންޖެހޭތަކެތި ހުށަހަޅާނީ 2020 ނޮވެމްބަރ 30 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ގދ.ވާދޫ ކައުންސިލް އިދާރާއަށެވެ.ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ( [email protected] ) މެދުވެރިކޮށްވެސް ބަލައި ގަނެވޭނެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށްއެދޭ ފޯމް ބަލައި ގަނެވޭނެވެ. |
|||
އިންޓަރވިއު އޮންނާނެތަނާއި މުއްދަތު: |
މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 01 ޑިސެމްބަރ 2020 އާއި 03 ޑިސެމްބަރ 2020 އާއި ދެމެދު ގދ.ވާދޫ ކައުންސިލް އިދާރާގައެވެ. ( މި މަޤާމަށް މީހަކު ހޮވުމަށް އިމްތިޚާން އެއް އަދި ޕްރެޒެންޓޭޝަން އެއް ހަދަންނުޖެހޭނެއެވެ.) |
|||
ޝޯޓް ލިސްޓް ކުރުން |
1. މިވަޒީފާއަށް އެދި ހުށަހަޅާފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި،ތަޖުރިބާއަށްބަލައި،ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެމަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެވެ.
|
|||
" ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް ) " އާންމުކުރުން |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދުނޫން 05 ދުވަހުގެ ތެރޭގައި " ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް ( A2 ފޯރމް )" އާންމުކޮށް ފެންނާނެހެން މި އިދާރާގައި ނޯޓިސް ބޯޑުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާއިމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމް އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
|||
މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ސަރުކާރު ބަންދު ނޫން ދުވަސްތަކުގައި 6840005 ނަންބަރު ފޯނަށެވެ. އީމެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް އަދި އެ އުސޫލުތަކާއި ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސާރވިސް ކޮމިޝަންގެ ވެބްސައިޓްގެ ޑައުންލޯޑްސް " އައްޔަންކުރުމުގެ އުސޫލާއިގުޅޭ"(http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ. |
07 ރަބީއުލްޢާޚިރާ 1442
22 ނޮވެމްބަރ 2020
މުޙައްމަދު އިބްރާހީމް ދީދީ
އ.ޑިރެކްޓަރ