މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
އަލަށް ޢިމާރާތް ކުރަމުންދާ ކްލާސްރޫމް އަދި ހޯލްތަކަށް ބޭނުންވާ ފަރުނީޗަރ ފޯރުކޮށްދޭނޭ ފަރާތެއް ހޯދުމަށް

`

 

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

 

     މާލެ،

   ދިވެހިރާއްޖެ.

                                        އިޢުލާން ނަންބަރ:  110/IUL)22-G/22/2020)

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

  • އަލަށް ޢިމާރާތް ކުރަމުންދާ ކްލާސްރޫމް އަދި ހޯލްތަކަށް ބޭނުންވާ ފަރުނީޗަރ ފޯރުކޮށްދޭނޭ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

 

  • މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލަޕްމެންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ. އަދި މިމަސައްކަތައް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރުތުތައް ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާނެއެވެ.

 

  • މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް  19 ނޮވެމްބަރ 2020 އިން  25 ނޮވެމްބަރ 2020 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް ފޯމް ހުށަހެޅުއްވުމަށް ރަޖިސްޓްރީ ކޮށްދެވޭނެއެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

 

  • ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 10,000ރ(ދިހަހާސް) ހުށަހަޅަންވާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 30 ދުވަހެވެ. ބިޑް ސެކިއުރިޓީ ހުށަހަޅަންޖެހޭ ގޮތް ބީލަން ފޮތުގައި ބަޔާންކޮށްފައި ވާނެއެވެ.

 

ރަޖިސްޓްރޭޝަން ފޯމްގެ ލިންކް: https://forms.moe.gov.mv/

 

  • މިމަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 26 ނޮވެމްބަރ 2020 ވަނަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
  • ބިޑް ހުޅުވުން އޮންނާނީ 02 ޑިސެމްބަރ 2020 ވާ ބުދަ ދުވަހުގެ 11:30 ގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފިޒިކަލް ފެސިލިޓީސް ޑެވެލޮޕްމެންޓް ސެކްޝަން (ވެލާނާގެ 9 ވަނަ ފަންގިފިލާ) ޖަލްސާކުރާ މާލަމުގައެވެ.
  • މި ޕްރޮޖެކްޓާއި ގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
  • ފިޒިކަލް ފެސިލިޓީސް ޑެވެލޮޕްމެންޓްސެކްޝަން
  • ފޯން:  3341136, 3341127
  • އީ-މެއިލް: [email protected]
  • ކޮޕީ އީ-މެއިލް: [email protected]
  • ރަޖިސްޓްރޭޝަން ފޯމްގެ ލިންކް: https://forms.moe.gov.mv/
19 ނޮވެންބަރު 2020
ހޯދާ