މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައުޓްޑޯ ޖިމްގެ މެޝިންތަކުގެ ޕައުންޑޭޝަން އެޅުމާއި އެމެޝިންތައް އިންސްޓޯލްކޮށްދޭނެ ފަރާތެއްހޯދުން

ނަންބަރު:(IUL)321/321/2020/157 

އިޢުލާން

އައުޓްޑޯ ޖިމްގެ މެޝިންތަކުގެ ޕައުންޑޭޝަން އެޅުމާއި އެމެޝިންތައް އިންސްޓޯލްކޮށްދޭނެ ފަރާތެއްހޯދުން

             މި ރަށުގައި ބެހެއްޓުމަށް ހަމަޖެހިފައިވާ އައުޓްޑޯ ޖިމްގެ މެޝިންތަކުގެ ޕައުންޑޭޝަން އެޅުމާއި އެމެޝިންތައް އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގޮތުގެމަތީން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

#

ތަފްޞީލް

ތާރީޚް

ގަޑި

ތަން

1

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

30 ނޮވެމްބަރ 2020

10:00

ތުޅާދޫ ކައުންސިލްގެ އިދާރާގެ މީޓިންގ ރޫމް

2

އަންދާސީ ހިސާބު ހުށަހެޅުން

09 ޑިސެމްބަރ 2020

10:00

ތުޅާދޫ ކައުންސިލްގެ އިދާރާގެ މީޓިންގ ރޫމް

 

              އަންދާސީ ހިސާބު ހުށައެޅުއްވޭނީ ޤާނޫނު ނަންބަރު:12014/18 (ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު) ގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި، ޤާނުނު ނަންބަރު:2014/19 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތަކަށެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ގަޑިއަށްވުރެ ލަހުން ދުރުވާ ބޭފުޅުންނަށް ފުރުޞަތު ނުދެވޭނެ ވާހަކަދެންނެވީމެވެ.އަދި އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރަ ބޭރުގައި "އައުޓްޑޯ ޖިމްގެ މެޝިންތަކުގެ ޕައުންޑޭޝަން އެޅުމާއި އެމެޝިންތައް އިންސްޓޯލްކޮށްދިނުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިގަންވާއިރު، ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅަންވާނެއެވެ. އަދި ދަންނަވަމެވެ. ކަނޑައެޅިފައިވާ ގަޑީގެފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބުތަކާއި އީ.މެއިލްއާއި ފެކްސް ގެ ޛަރީއާއިން ފޮނުއްވާ އަންދާސީ ހިސާބުތަކާއި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

04 ރަބީޢުލްއާޚިރު 1442

19 ނޮވެންބަރު 2020
ހޯދާ