މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމު އުޅަނދުތަކުގެ ރަޖިސްޓްރީ އާއި ގުޅޭ

 

 

އެއްގަމު ދަތުރުފަތުރުގެ ޤާނޫނު 5/2009 ގެ 15 ވަނަ މާއްދާގެ (ށ) ގައި ދިވެހިރާއްޖޭގެ ކޮންމެ ރަށަކުން ނުވަތަ ސިޓީއަކުން އެ ސިޓީއެއްގައި ނުވަތަ އެ ސަރަހައްދެއްގައި ދުއްވާ އިންޖީނުލީ އެއްގަމު އުޅަނދު ރަޖިސްޓްރީގެ ދަފުތަރެއް ޤާއިމުކޮށް، ދަތުރުފަތުރާ ބެހޭ މިނިސްޓްރީއިން ކަނޑައާޅާ ގޮތެއްގެ މަތިން ބަލަހައްޓަމުން ގެންދަންވާނެ ކަމުގައި ބަޔާންކޮށްފައި ވެއެވެ.

 

ރަށުގައި ދުއްވާ އެއްގަމު އުޅަނދުތަކުގެ ދަފުތަރު އެކުލަވާލުމަށް މި އިދާރާއިން ވާނީ ގިނަގުނަ މަސައްކަތްތަކެއް ކުރެވިފައެވެ. އެގޮތުން ކުރެވުނު މަސައްކަތްތަކުގެ ތެރެއިން، ރަށުގައި އުޅަނދު ގެންގުޅޭ ފަރާތްތައް ފާހަގަކޮށް، ރަޖިސްޓްރީ މިއިދާރާއަށް ޚިއްސާކުރުމަށް އަންގާފައި ވާނެއެވެ. އަދި އެ ރަޖިސްޓްރީ ޚިއްސާކޮށްފައިވާ އުޅަނދުތަކުގެ މަޢުލޫމާތު މި އިދާރާގެ ދަފުތަރުގައި ހިމެނިފައި ވެއެވެ. ނަމަވެސް، ބައެއް ފަރާތްތަކުން މިކަމުގައި އެއްބާރުލެއްވުން ދެއްވާފައި ނުވާކަން ހިތާމަ އާއިއެކު ފާހަގަ ކުރަމެވެ.

 

ވީމާ، މިހާރު ރަށުގައި ދުއްވަމުން ގެންދާ އިންޖީނުލީ އެއްގަމު އުޅަނދުތަކާއި، ބެޓެރީ އުޅަނދުތަކުގެ ތެރެއިން މިހާތަނަށް އުޅަނދުގެ ރަޖިސްޓްރީ މިއިދާރާއަށް ހުށަހަޅުއްވާފައިނުވާ ފަރާތްތަކުންނާއި، އަދި ކުރިން ރަޖިސްޓްރީ ހުށަހެޅުއްވި ނަމަވެސް، މިހާރު ރަށުގައި އެ އުޅަނދެއް ނެތްނަމަ އެ ފަރާތްތަކުން، މިއަދުން ފެށިގެން 2020 ނޮވެމްބަރ 30 ވާ ހޯމަ ދުވަހުގެ 14:00ގެ ނިޔަލަށް އެ ރަޖިސްޓްރީ އާއި ބެހޭ މަޢުލޫމާތު މިއިދާރާ އާއި ޚިއްސާ ކުރެއްވުމަށް ދެންނެވީމެވެ.

19 ނޮވެންބަރު 2020
ހޯދާ