ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
އެސިސްޓެންޓް ހިއުމަން ރިސޯސް އޮފިސަރ

މަޤާމް :އެސިސްޓެންޓް ހިއުމަން ރިސޯސް އޮފިސަރ
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުޞަތު                 

 

 

މަޤާމް

އެސިސްޓެންޓް ހިއުމަން ރިސޯސް އޮފިސަރ

އަސާސީ މުސާރަ

/-5,500ރުފިޔާ

އެލަވަންސްތައް:

-/2,500 ރުފިޔާ

މަޤާމުގެ ރޭންކް

އޭ އެސް 7

ބޭނުންވާ ޢަދަދު:

01

މަސައްކަތް ކުރަންޖެހޭތަން

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް

ހިއުމަން ރިސޯސް

މަޤާމުގެ ބާވަތް

01 (އެކެއް) އަހަރު ދުވަހުގެ ކޮންޓްރެކްޓް

  • މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށްފަހު ކުންފުނީގެ ސިޔާސަތާ އެއްގޮތްވާގޮތުގެ މަތިން އެއްބަސްވުން އާ ކުރެވޭނެއެވެ.

މަޤާމުގެ ޝަރުތު:

  • ޖީ.ސީ.އީ އޭ ލެވެލް އިމްތިހާނުން 4 (ހަތަރެއް) މާއްދާއިން ފާސްވުމާއެކު ދާއިރާއިން 1(އެކެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ޖީ.ސީ.އީ އޭ ލެވެލް އިމްތިހާނުން 2 (ދޭއް) މާއްދާއިން ފާސްވުމާއެކު ދާއިރާއިން 4 (ހަތަރު) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ޖީ.ސީ.އީ އޯލެވެލް އިމްތިހާނުން 4 (ހަތަރު)  މާއްދާއިން ފާސްވެފައިވުމާއެކު ދާއިރާއިން 2 (ދޭއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ދާއިރާއިން 3 (ތިނެއް) އަހަރު ދުވަހުގެ ތަޖުރިބާ  ލިބިފައިވުން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • މުވައްޒަފުންނަށް ބޭނުންވާ ޓްރޭނިންގ ޕްރޮގްރާމްތައް ކުރިއަށްގެންދިއުމާއި ރާއްޖެއާއި ރާއްޖޭން

ބޭރުގެ ޓްރޭނިންގ ތައް އިންތިޒާމްކޮށް ކުރިއަށް ގެންދިއުމަށް އެހީތެރިވުން.

  • ކުންފުނީގެ އެކިއެކި މަޤާމުތަކަށް ބޭނުންވާ ތަމްރީންތައް ދެނެގަނެ، ތަމްރީން ޕްރޮގްރާމްތައް ރާވައި ހިންގުމަށް އެހީތެރިވުން.
  • މުވައްޒަފުންގެ ޕަރފޯމަންސް ކުރިއެރުވުމަށް ޕްރޮގްރާމްތައް ރޭވުމާއި، ހިންގުމުގެ އިތުރަށް މުވައްޒަފުންގެ ޕަރފޯމަންސް އާއި ގުޅުންހުރި އެންމެހައި މަސައްކަތްތައް ބެލެހެއްޓުން.
  • މުވައްޒަފުންގެ ރިކްރިއޭޝަންގެ ކަންކަން ރާވައި ހިންގުމަށް ބޭނުންވާ އިންތިޒާމްތައް މެނޭޖްމަންޓުން އަންގާ ގޮތެއްގެ މަތިން ހަމަޖައްސައިދިނުން.
  • މަސައްކަތްތަކާ ގުޅޭ ލިއުންތައް ފައިލްކޮށް ބެލެހެއްޓުން.
  • ކުންފުނީގެ މުވައްޒަފުންގެ އެކުވެރިކަމާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް ކުރަންޖެހޭ މަސައްކަތް ހަވާލުކުރެވިފައިވާ މަސައްކަތާއިގުޅޭގޮތުން ލިބޭ މެއިލްތަކުގައިވާ މަސައްކަތްތައް ނިންމާ ދުވަހުންދުވަހަށް މެއިލްތަކަށް ޖަވާބުދިނުން.
  • މިކަންކަމުގެ އިތުރުން މަސައްކަތާއި ވަޒީފާއާއި ގުޅޭގޮތުން އިތުރުކަމެއް ކުރަންޖެހޭ ފަދަ ޙާލަތުގައި އެފަދަ ކަންކަން ކުރުން.

ވަޒީފާ އަށް އެންމެ ގާބިލް ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

މިމަގާމަށް ކުރިމަތިލާ ފަރާތެއްގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ކޮލިފިކޭޝަނާއި ހުނަރުގެ އިތުރުން، ކުރިން މިފަދަ މަސައްކަތެއްގައި އުޅެ ތަޖްރިބާ ލިބިލައްވާފައިވާ ފަރާތެއްނަމަ، އެފަރާތަކަށް އިސްކަންދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ތަޢުލީމީ އެކްރެޑިޓެޑް ސެޓްފިކެޓްތަކުގެ އެޓެސްޓް ކުރެވިފައިވާ ކޮޕީ.
  • ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ އާއި ޕާސްޕޯރޓް ސައިޒު ގެ 1 ފޮޓޯ
  • ޕޮލިސް ރިޕޯރޓް

އިންޓަވިއު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:

އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު  އެފަރާތްތަކަށް އެކަންޏެވެ.

ސުންގަޑި

މ މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 26 ނޮވެމްބަރ 2020 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/careers އަށް ލިޔުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ. ނުވަތަ [email protected] އަށް ލިޔުންތައް މެއިލް ކުރެއްވުން އެދެމެވެ.

އިތުރު މަޢްލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000379، 3000364 އާއި ގުޅުއްވުން އެދެމެވެ.

 

                        04 ރަބީޢުލްއާޚިރު 144

19 ނޮވެންބަރު 2020
ހޯދާ