މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މިއިދާރާއަށް ބައެއް ތަކެތި ގަންނަން ބޭނުންވެއްޖެ
މި އިދާރާއަށް މިދަންނަވާ ތަކެތި ގަންނަން ބޭނުންވެއްޖެއެވެ. ވީމާ މިއިދާރާއަށް މިތަކެތި ވިއްކުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކަމަށް އެދި ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
އަދަދު |
ބާވަތް |
866 |
ބަސްތާ ސިމެންތި |
1786 |
ބަސްތާ ހިލަ |
1234 |
ބަސްތާ ހިލަވެލި |
50 |
ރިންގު ދަނގަޑު |
274 |
އެނބުރި ދަގަނޑު 9މމ |
14 |
އެނބުރި ދަގަނޑު 12މމ |
- މި ބީލަން ހުޅުވާލެވިފައި މިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
- ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރުން އޮންނާނީ، 22 ނޮވެމްބަރު 2020 ން ފެށިގެން 25 ނޮވެމްބަރު 2020 ވާ ބުދަ ދުވަހުގެ މެންދުރު 14:00 އާ ހަމަޔަށް މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާގައެވެ.
- މިމަސައްކަތާއި ބެހޭ އެންމެހާއި ލިޔެކިއުންތައް، ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރެއްވުމުން، ލިބިލައްވާނެއެވެ.
- ބީލަން ހުށަހަޅާނީ 01 ޑިސެމްބަރު 2020 ވާ އަންގާރަ ދުވަހުގެ 11:00 އަށް މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާއަށެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ބީލަން ހުޅުވުން އޮންނާނީ ބީލަން ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑީގައި، ހުށަހަޅަން ވަޑައިގަންނަވާ ފަރާތްތަކުގެ ޙާޟިރުގައި މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާގައެވެ.
- އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މާލެއަތޮޅު ކާށިދޫ ކައުންސިލް އިދާރާ
ހަވީރީ ހިނގުން / ކ. ކާށިދޫ
ފޯން: 6645377، 7798119
04 ރަބީޢުލްއާޚިރު 1442
19 ނޮވެންބަރު 2020
ހޯދާ