މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޓޫ.ޓީ.އިންޖީނު، ސިމެންތި ގަށާ މެޝިން، އައިލެންޑް ޕިކަޕް ނީލަން ކިއުން

އިޢްލާން.

ޓޫ.ޓީއިންޖީން،ސިމެންތިގަށާމެޝިން،އައިލެންޑްޕިކަޕް ނީލަންކިޔުން:

            ސުރުހީގައި ދެންނެވިފައިވާ މި ކައުންސިލްގައިހުރި ތިރީގައިވާ ތަކެތި ސިޓީލާ ނީލަމުގައި ވިއްކާލަން ހަމަޖެހިފައިވާތީ މި ނީލަމުގައި ބައިވެރިވުމަށް އެދޭފަރާތްތަކުން ރަސްމީ ކޮންމެ ދުވަހެއްގެ 13:00 ގެ ކުރިން ތިރީގައިވާ މަޢްލޫމާތާއި އެކު ހުށަހެޅުންއެދެމެވެ. އަދި [email protected] މި އީމެއިލުންވެސް ހުށަހެޅޭނެ ކަމުގައި ދަންނަވަމެވެ. މިތަކެތި ގަތުމަށް ހުށަހަޅާ އަގަށް އިތުރުކުރެވޭނެ އެންމެ ކުޑަ އަގަކީ -/500( ފަސްސަތޭކަ) ރުފިޔާއެވެ. ހުށަހަޅާއެންމެ މަތީ އަގު ރަސްމީކޮންމެ ދުވަހެއްގެ އޮފީސްބަންދުވުމުގެ ކުރިން ނޯޓިސްބޯޑުގައި އާއްމުކުރެވޭނެއެވެ. މިނީލަމުގައި އެ އެއްޗެއްގެ އަގު (އެކަށީގެންވާ އަގެއްގައި) ވިދިވިދިގެން 03 ދުވަހު އޮވެއްޖެނަމަ އެ ފަރާތަކަށް ނީލަން ނިންމާލެވޭނެއެވެ. އައިލެންޑް ޕިކަޕްގެ ހުރިހާ ފީ ތަކުގެ މުއްދަތު 2019 ގެ ނިޔަލަށް ހަމަވެފައިވާތީ އެކަމުގެ ޒިންމާނަންގަވަން ޖެހޭނީ ޕިކަޕް ގަންނަފަރާތުން ކަމުގައި މަޢްލޫމާތަށްޓަކައި ދެންނެވީމެވެ.

މި ތަކެއްޗާއިބެހޭ އިތުރުމަޢްލޫމާތު ސާފުކުރަން ބޭނުންނަމަ ރަސްމީ ކޮންމެ ދުވަހެއްގެ 08:30 އާއި 11:00 އާއި ދެމެދު މި ކައުންސިލަށް ވަޑައިގެންނާއި 7775791،7367109 ނަންބަރު ފޯނާއި ގުޅުއް ވައިގެން މަޢްލޫމާތު ސާފުކުރެއްވޭނެއެވެ.

ނީލަމުގައި ވިއްކާތަކެއްޗާއި ފެށޭއަގު:

  1. ޓޫޓީ އިންޖީން މޯޓަރާއި އެކު (ކަރަންޓް ނަގާގޮތަށް ހަދާފަ) ފެށޭއަގު: 10000.00(ދިހަހާސް) ރުފިޔާ.
  2. އިންޖީންލީ އައިލެންޑްޕިކަޕް (1.5 ޓަނުގެ)           ފެށޭއަގު: 40000.00(ސާޅީސްހާސް) ރުފިޔާ.
  3. ސިމެންތިގަށާމެޝިން. (01 ކޮތަޅުގެ)              ފެށޭއަގު: 10000.00(ދިހަހާސް) ރުފިޔާ.

ހުށަހެޅުމުގައި ހުންނަން ޖެހޭމަޢްލޫމާތު (ހުށަހަޅާފަރާތުގެ):

  1. ނަން:
  2. އެޑްރެސް،ރަށާއިއެކު:
  3. ސޮއި:
  4. ފޯނުނަންބަރު:
  5. އީމެއިލް އެޑްރެސް: (އީމެއިލް ބޭނުންކުރާނަމަ)
  6. އަގު: (ކޮންމެ އެއްޗެއްގެއަގު ވަކިން އެނގޭގޮތަށް)

03 ރަބީޢުލްއާޚީރާ 1442

18 ނޮވެންބަރު 2020

19 ނޮވެންބަރު 2020
ހޯދާ