މަދްރަސަތުލް އިފްތިތާޙް
ދިވެހިރާއްޖެ
ސާވަރ އެއް ހޯދުމަށް

  1. މަދްރަސަތުލް އިފްތިތާޙަށް ސާވަރއެއް ގަތުމަށް ކުރެވުނު IUL)GS-51-Dpt-101/INDIV/2020/15) ނަމްބަރ އިއުލާނުގެ ބިޑުގެ ބައެއް މައުލޫމާތަށް ބަދަލުގެނެވިފައިވާތީ އެއިއުލާނު ބާތިލްކުރުމަށްފަހު ސާވަރ ގަތުމަށް 03 ވަނަ ފަހަރަށް އިއުލާނު ކުރީމެވެ.
  2. މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ.
  3. މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް  2020 ނޮވެންބަރ 19 ން 2020 ނޮވެންބަރ24ގެ ނިޔަލަށް   ފޯނުން ނުވަތަ އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
  4. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ  2020 ނޮވެންބަރ 24 ވަނަ ދުވަހުގެ12:30ގެ ކުރިން މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް ނުވަތަ ފޯނު މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
  5. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ  2020 ނޮވެންބަރ 25 ވަނަ ދުވަހުގެ13:00ގައި މަދްރަސަތުލް އިފްތިތާޙުގެ މީޓިންގ ރޫމް ގައެވެ.
  6. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
  7. މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
  • މަދްރަސަތުލް އިފްތިތާޙު / ޅ. ނައިފަރު
  • ފޯން: 6620288
  • އީމެއިލް: [email protected]
19 ނޮވެންބަރު 2020
ހޯދާ