ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ނެއްލައިދޫ ނަން ރަމްޒުކޮށްދޭ މޮނިއުމެންޓް ޑިޒައިންކުރުމުގެ ފުރުޞަތު ހުޅުވާލުން:
ރަށަށް ލަފާފުރާ މީހުންނަށް ފެންނާނެހެން، ރަށުގެ ބަނދަރު ސަރަޙައްދުގައި ރަށުގެ ނަން ރަމްޒުކޮށްދޭ މޮނިއުމެންޓެއް ހެދުމަށް ބޭނުންވާތީ، މޮނިއުމެންޓް ޑިޒައިން ކުރުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލަމެވެ. ވީމާ، ޑިޒައިން ހުށަހެޅުމަށް އެދޭ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ މޮނިއުމެންޓް ފަރުމާ ކުރުމުގެ މިންގަނޑުތަކާއި އެއްގޮތަށް ހުށަހެޅުއްވުންއެދެމެވެ.
މޮނިއުމެންޓްގެ ޑިޒައިން ހުށަހަޅާއިރު ބަލަންޖެހޭ ކަންތައްތައް:
- ހދ. ނެއްލައިދޫގެ ސަޤާފަތާއި އަދި މިނޫންވެސް ރަށް މަޝްހޫރުވެފައިވާ ކަންކަން ނުވަތަ ކަމެއް ރަމްޒުކޮށްދޭ ޑިޒައިނެއް ކަމުގައިވުން.
- މި މުބާރާތަށް ހުށަހަޅާ ޑިޒައިނަކީ އުފެއްދުންތެރި، އަމިއްލަވަންތަ ޑިޒައިނެއް ކަމުގައިވުން.
- ނެއްލައިދޫވަންތަކަން ރަމްޒުކޮށްދިނުން.
ޑިޒައިން ފަރުމާކޮށް ހުށަހަޅަންޖެހޭ ފޯމެޓް:
- މޮނިއުމެންޓް ޑިޒައިންގެ ރޯ (RAW) ފައިލް ހުށަހަޅަންވާނެއެވެ. (ޑިޒައިން ފަރުމާކޮށްފައިވާ އެޕްލިކޭޝަންގެ ޑިފޯލްޓް ފޯމެޓް)
- ޑިޒައިން ގްރޭސްކޭލް އަދި ކުލަކޮށް އޮންނަ ޕީ.ޑީ.އެފް ފައިލްއެއް ހުށަހަޅަންވާނެއެވެ.
އެހެނިހެން ސްޕެސިފިކޭޝަންތަކާއި ހުށަހަޅަންޖެހޭ ކަންކަން:
- މޮނިއުމެންޓުގެ ޑިޒައިންގައި “HDH.NELLAIDHOO” އިނގިރޭސި ބަހުން ލިޔެވިފައި އޮންނަންވާނެއެވެ.
- މޮނިއުމެންޓްގެ އަކުރު ތަކުގެ ފޮންޓުގެ ގޮތުގައި ބޭނުން ކުރަންވާނީ ކިޔާލަން ފަސޭހަ އަދި ރީތި ފޮންޓެވެ.
- މޮނިއުމެންޓް ޑިޒައިން ފަރުމާގައި ބޭނުންކުރާ ކުލަތަކުގެ ކޯޑު އަދި ބޭނުންކުރެވިފައިވާ ކުލަތަކުގެ މުރާދު ކުރު ލިޔުމަކުން ބަޔާންކުރަންވާނެއެވެ.
- ހުށަހަޅާ ޑިޒައިނަކީ މޮނިއުމަންޓް ހެދުމުގައި އާންމުކޮށް ބޭނުންކުރާ މެޓީރިއަލްތަކުން ހެދޭނެ ފަދަ ޑިޒައިނަކަށްވާންވާނެއެވެ.
- މޮނިއުމެންޓް ޑިޒައިންގައި ހިމަނާފައިވާ ކުލަތަކުގެ RGB ކަލަރ ކޯޑްތައް އެނގެންހުންނަންވާނެއެވެ.
- ފަރުމާ ކުރެވިފައިވާ މޮނިއުމެންޓްގެ ޑިޒައިން ނެއްލައިދޫއާއި ގުޅުންހުރި ގޮތް، ކުރު އިބާރާތްކޮޅަކުން ބަޔާންކޮށްފައި އޮންނަންވާނެއެވެ.
- ބައިވެރިވާ ފަރާތްތަކަށް މޮނިއުމެންޓްގެ އެއް ޑިޒައިނަށް ވުރެ ގިނަ ޑިޒައިން ހުށައެޅިދާނެއެވެ.
ހުށަހަޅާ ޑިޒައިނަށް މާކްސް ދިނުމުގައި ބަލާނެ މިންގަނޑުތަކާއި އުސޫލުތައް:
- މޮނިއުމެންޓް ޑިޒައިން ހެދިފައިވަނީ މަތީގައި ބަޔާންވެފައިވާ މިންގަނޑުތަކާ އެއްގޮތަށްތޯ ބަލައި ފާސްކުރެވޭނެއެވެ. ޑިޒައިންގެ ފަރުމާތަކަށް އިންސާފު ކުރައްވާނީ ހުށަހެޅި ފަރާތް ސިއްރުކުރުމަށްފަހު، ނެއްލައިދޫ ކައުންސިލުން މިކަމަށް އެކުލަވާލާ ކޮމިޓީއަކުންނެވެ.
- ހުށަހަޅާ ޑިޒައިންއަށް މާކްސް ދިނުމުގައި ޑިޒައިންގެ ޓެކްނިކަލް ފެންވަރާއި ކޮލިޓީ (ކޮމްޕޮޒިޝަން)، މިރަށުގެ ސިފަތައް ރަމްޒުކޮށްދޭ މިންވަރު، އުފެއްދުންތެރިކަމާއި އަމިއްލަވަންތަކަމަށް ބެލޭނެއެވެ.
އެއްވަނައަށް ހޮވޭ ޑިޒައިން:
- އެއްވަނައަށް ހޮވޭ ފަރާތަށް އީމެއިލް ނުވަތަ ފޯނުގެ ޒަރީޢާއިން އެންގޭނެއެވެ.
- އެއްވަނައަށް ހޮވޭ ޑިޒައިން ހުށަހެޅުއްވި ފަރާތަކަށް ލިބޭ އިނާމަކީ -/5000 ( ފަސްހާސް ) ރުފިޔާއެވެ.
- އެއްވަނައަށް ހޮވޭ ޑިޒައިންގެ ފުރިހަމަ ކޮޕީރައިޓް، ނެއްލައިދޫ ކައުންސިލްގެ އިދާރާ އާ ހަވާލުކުރަންވާނެއެވެ.
ޑިޒައިން ހުށަހެޅުމުގެ ސުންގަޑި އަދި ހުށަހަޅަންވީ ގޮތް :
- މަތީގައި ބަޔާން ކުރެވިފައިވާ ފޯރމެޓްތަކަށް 23 ނޮވެންބަރު 2020 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން މިއިދާރާގެ އީމެއިލް [email protected] އަށް މެއިލް ކުރަންވާނެއެވެ.
- ހުށަހަޅާ ފަރާތުގެ ފުރިހަމަ ނަން، އައި.ޑީ ކާޑު ނަންބަރާއި ކޮޕީ، އެޑްރެސް އަދި ގުޅޭނެ ނަންބަރެއް ޑިޒައިންއާއި އެކު މިއިދާރާއަށް މެއިލް ކުރަންވާނެއެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި ޢިއުލާން ކުރީމެވެ.
18 ނޮވެންބަރު 2020
ހޯދާ