މަޤާމް:
|
ގާޑެނަރ
|
ބޭނުންވާ އަދަދު:
|
01
|
މަޤާމުގެ ގިންތި:
|
ކޮންޓްރެކްޓް - 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރެވޭނީ މަސައްކަތުގެ ފެންވަރާއި ނަތީޖާއަށް ބެލުމަށްފަހު)
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
މާލޭ ސިޓީ ކައުންސިލްގެ އިދާރާ / ލޮނުޒިޔާރަތް ޕާކް
|
މުސާރަ:
|
10000.00
|
ސަރވިސް އެލެވަންސް:
|
2500.00
|
އެހެނިހެން އެލަވަންސް:
|
- އިތުރު ގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެ
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- ޕާރކުތަކުގެ ގަސްތަކަށް ފެންދީ ގަސްތައް ބެލެހެއްޓުން.
- ޕާރކުތަކުގެ ގަސްތަކަށް ޖެހޭ އެކިއެކި ބަލިތައް ދެނެގަތުމާއި، އެފަދަ ބަލިތަކާ ގުޅޭ ގޮތުން ގަސްތަކަށް ޖަހަންޖެހޭ ބޭސްތައް ޖަހާ، ގަސްތައް ބެލެހެއްޓުން.
- ޕާރކުތަކުގެ ބަގީޗާ ޒީނަތްތެރި ކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ މަސަކްތަތައް ކުރުން.
- ނާސަރީގައި ޕާރކުތަކަށް ބޭނުންވާ ގަސްތައް އިންދާ ހެއްދުމާއި، ގަސްތައް މުޑުވައްކުރުން.
- މީގެ އިތުރުން އެހެން ޕާރކުތަކާއި މާލޭސިޓީގައި ގަސް އިންދާ ހެއްދުމުގެ ގޮތުން ކައުންސިލުން ކުރަންޖެހޭ މަސައްކަތްތައް ކައުންސިލުން އަންގާ ގޮތެއްގެ މަތިން ކޮށް ބެލެހެއްޓުން.
- ޕާރކުތަކުގެ ގަސް އިންދާ ސަރަޙައްދުތަކުގެ ވެލިގަނޑު ރަނގަޅުކޮށް ގަސްތަކަށް ކާނާ އަޅާ ބެލެހެއްޓުން.
- ޕާރކުތަކުގެ ގަސްތަކަށް ބޭނުންވާ ކާނާއާއި ބޭސް ހުސްނުވާނެ ގޮތަށް ބެލެހެއްޓުން.
- ސިޓީ ކައުންސިލުން ބަލަހައްޓާ އެންމެހާ ޕާކްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮއްދީ ފަންނީ ލަފާދީ ގަސްހެއްދުމާއި ބެލެހެއްޓުމުގެ ކަންތައްތައް މޮނިޓަރކޮއް ބެލެހެއްޓުން
- ސިޓީ ކައުންސިލްގެ މަސައްކަތްތަކާ ގުޅިގެން ހަވާލުކުރެވޭ މަސައްކަތްތައް ކުރުން
|
ތައުލީމީ ފެންވަރު:
|
- މަސައްކަތާ ގުޅޭ ދާއިރާއަކުން ތައުލީމު ހާސިލްކޮށްފައިވުން (ހުށައަޅާ ސެޓްފިކެޓައް ބަލައިގެން)
ނުވަތަ
2. މަސައްކަތުގެ ދާއިރާއިން މަދުވެގެން 2 އަހަރުގެ ތަޖުރިބާ ލިބިފައިވުން (ތަޖުރިބާ ހާމަކޮށްދޭ ސައްޙަ ލިޔުން ހުށައެޅުން)
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް އެދި ހުށަހަޅާ ފޯމް (ކޮންޓްރެކްޓް ވަޒީފާއަށް އެދޭ ފޯމް، މި ފޯމް މި އިދާރާގެ މައްޗަންގޮޅި އޮފީހުން އަދި ވެބްސައިޓް www.malecity.gov.mv އިން ލިބެން ހުންނާނެއެވެ).
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ހާސިލްކޮށްފައިވާ ތައުލީމާއި ތަމްރީނަށް ބަލައިގެން.
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން
- ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން.
- ގަސްހައްދަން އަދި ގަހަށް ދިމާވާ މައްސަލަތައް ދަންނަ ފަރާތެއްކަމުގައިވުން
- ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ މީހެއްކަމުގައިވުން
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 29 ނޮވެމްބަރ 2020 ގެ 13:30 ގެ ކުރިން، މާލޭ ސިޓީ ކައުންސިލްގެ އިދާރާ މައްޗަންގޮޅީ އޮފީހަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
ޝޯޓް ލިސްޓްކުރުން:
|
މި ވަޒީފާތަކަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
އިންޓަވިއުއަދި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމްތަކަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 06 ޑިސެމްބަރ 2020 އާއި 17 ޑިސެމްބަރ 2020 އާ ދެމެދު، މައްޗަންގޮޅީގައި ހުންނަ މާލޭ ސިޓީ ކައުންސިލްގެ އިދާރާގައެވެ.
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (7989840، 3306727) އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
|