މަޤާމް:
|
އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
ބޭނުންވާ އަދަދު:
|
01
|
މަޤާމުގެ ގިންތި:
|
ކޮންޓްރެކްޓް - 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރެވޭނީ މަސައްކަތުގެ ފެންވަރާއި ނަތީޖާއަށް ބެލުމަށްފަހު)
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
މާލޭ ސިޓީ ކައުންސިލްގެ އިދާރާ / ލޮނުޒިޔާރަތް ޕާކް
|
މުސާރަ:
|
5000.00
|
ސަރވިސް އެލެވަންސް:
|
1500.00
|
އެހެނިހެން އެލަވަންސް:
|
- އިތުރު ގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެ
- އެހެނިހެން އެލަވަންސްގެ ގޮތުގައި މަހަކު -/700 ލިބޭނެ
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- ޕާކުގައި މަސައްކަތް ކުރާ އެންމެހާ މުވައްޒަފުންގެ ހާޟިރީ ބެލެހެއްޓުމާއި އިތުރުގަޑިތައް ބެލެހެއްޓުމުގެ ކަންކަން ކުރުން.
- ޕާކުގެ މެއިންޓަނެންސް ގެ ކަންކަން ބެލެހެއްޓުމާއި ސިޓީއާއި ލިޔުންތައް ބަލައިގަނެ އެންޓްރީ ކުރުން.
- ޕާކުގައި ކުރަންޖެހޭ އެންމެހައި އިދާރީ މަސައްކަތްތައް ކުރުން.
- ސަރުކާރު އޮފީސްތަކަށް ފޮނުވަންޖެހޭ ސިޓީތަކާއި ކައުންސިލަށް ފޮނުވަން ޖެހޭ ސިޓީ އާއި މެމޯ ފަދަ ތަކެތި ލިޔެ، ޖެމްސްއިން ނަންބަރު ނަގާ ފޮނުވުން އަދި އަމިއްލަ ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީފަދަ ތަކެތި ފޮނުވާ ފައިލްކުރުން.
- ޕާރކުތަކުގެ ޔައުމިއްޔާ ދުވަހުން ދުވަހަށް ލިޔުން.
- ޕާކްތަކުގެ މަސައްކަތްތަކަށް ހޯދާ ތަކެތީގެތެރެއިން ޙަވާލުކުރާ ތަކެތީގެ ސްޓޮކް ބެލެހެއްޓުން.
- މަސައްކަތާ ގުޅޭ ގޮތުން އިދާރާއިން އަންގާ ކަންކަން ކޮށް ނިންމާ ބެލެހެއްޓުން.
- ޕާރކުތަކުގައި ބާއްވާ އެކިއެކި އިވެންޓްތަކާ ގުޅިގެން ކުރަން ކުރަންޖެހޭ ކަންކަން ކައުންސިލުން ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތަށް ކޮށްބެލެހެއްޓުން.
- ޕާރކުތަކުގައި ބާއްވާ އެކިއެކި ޙަރަކާތްތަކާ ގުޅިގެން ޕާރކަށް ބަލައިގަންނަން ޖެހޭ ފައިސާ ބަލައިގަނެ ދުވަހުން ދުވަހަށް ކައުންސިލްގެ ކަމާ ބެހޭ ސެކްޝަނަށް ޙަވާލު ކުރުން.
- ޕާރކުތަކުގައި ހަރުކޮށްފައި ހުންނަ ތަކެއްޗާއި، ބޭނުންކުރާ ތަކެތީގެ އިންވެންޓްރީ ބެލެހެއްޓުމާއި، އެއްޗެއް ހަލާކުވެއްޖެނަމަ ލަސްނުކޮށް އެ އެއްޗެއް މަރާމާރުކޮށް ރަނގަޅު ކުރުމުގެ މަސައްކަތް ކަމާބެހޭ ސެކްޝަނާއި ގުޅައިގެން ކުރުން.
|
ތައުލީމީ ފެންވަރު:
|
- ޖީ.ސީ.އީ އޯލެވެލްގައި "ދިވެހި" ހިމެނޭ ގޮތަށް 3 މާއްދާއިން "ސީ" ގްރޭޑް ލިބިފައިވުން
ނުވަތަ
2. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުން.
އެހެނިހެން ޝަރުތު
- ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ
- މަސައްކަތު ވަގުތު 8 ގަޑިއިރު
- ރޭގަނޑައި ފަތިހުގެ ވަގުތުތަކުގައި ޑިއުޓީ ހަމަޖައްސައިފިނަމަ މަސައްކަތްކުރެވޭ މީހުނަށް އިސްކަންދެވޭނެ
- ކުއްލިއަކަށް އަންގާލުމުންވެސް މަސައްކަތަށް ނިކުމެވޭ މީހުނަށް އިސްކަންދެވޭނެ
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް އެދި ހުށަހަޅާ ފޯމް (ކޮންޓްރެކްޓް ވަޒީފާއަށް އެދޭ ފޯމް، މި ފޯމް މި އިދާރާގެ މައްޗަންގޮޅި އޮފީހުން އަދި ވެބްސައިޓް www.malecity.gov.mv އިން ލިބެން ހުންނާނެއެވެ).
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ހާސިލްކޮށްފައިވާ ތައުލީމާއި ތަމްރީނަށް ބަލައިގެން.
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން
- ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 29 ނޮވެމްބަރ 2020 ގެ 13:30 ގެ ކުރިން، މާލޭ ސިޓީ ކައުންސިލްގެ އިދާރާ މައްޗަންގޮޅީ އޮފީހަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
ޝޯޓް ލިސްޓްކުރުން:
|
މި ވަޒީފާތަކަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
އިންޓަވިއުއަދި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމްތަކަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 06 ޑިސެމްބަރ 2020 އާއި 17 ޑިސެމްބަރ 2020 އާ ދެމެދު، މައްޗަންގޮޅީގައި ހުންނަ މާލޭ ސިޓީ ކައުންސިލްގެ އިދާރާ ގައެވެ.
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (7989840، 3306727) އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
|