އައި.ޔޫ.އެމް. ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް، އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
އައި.ޔޫ.އެމް ލާރނިންގ ސެންޓަރު (ފުވައްމުލަކު ސިޓީ) 2020 ވަނަ އަހަރުގެ ދެވަނަ ސެމެސްޓަރގެ އިމްތިޙާން ބެލެހެއްޓުމަށް އިންވިޖިލޭޓަރުން ހޯދުމަށް

އިޢުލާން

ނަންބަރު:IUMH-AD/I/2020/42

އައި.ޔޫ.އެމް ލާރނިންގ ސެންޓަރު (ފުވައްމުލަކު ސިޓީ) 2020 ވަނަ އަހަރުގެ ދެވަނަ ސެމެސްޓަރގެ އިމްތިޙާން ބެލެހެއްޓުމަށް އިންވިޖިލޭޓަރުން ހޯދުމަށް

އައި.ޔޫ.އެމް ލާރނިންގް ސެންޓަރުތަކުގެ 2020 ވަނަ އަހަރުގެ ދެވަނަ ސެމިސްޓަރގެ އިމްތިހާން ބެލެހެއްޓުމަށްޓަކައި އިންވިޖިލޭޓަރުންގެ ގޮތުގައި މަސައްކަތް ކޮށްދޭނެ މީހުން ހޯދުމަށް ބޭނުންވެއެވެ.

ބޭނުންވާ އަދަދު:

4

މުސާރަ:

ކޮންމެ ސެޝަނަކަށް -/300 ރުފިޔާ

ޝަރުތު:

  • އުމުރުން 18 އަހަރު ފުރިފައިވާ މީހެއް ކަމުގައިވުން.
  • އިންވިޖިލޭޓަރެއްގެ މަސްއޫލިއްޔަތު ރަނގަޅަށް އެންގިފައިވާ މީހެއް ކަމުގައިވުން.
  • އިންވިޖިލޭޓް ކުރާ ފަރާތަކީ އެއަހަރެއްގެ އިމްތިހާނުގައި ބައިވެރިވާ ކެންޑިޑޭޓެއްގެ މަންމަ، ބައްޕަ، އަނބިމީހާ، ފިރިމީހާ، އެއްބަނޑު އެއްބަފާ މީހެއް، ދަރިއެއް، ބަލަދުވެރިކަމުގެ ދަށުގައި ހުންނަ މީހެއް ނުވަތަ އިމްތިހާނަށް ދަރިވަރު ތައްޔާރުކޮށްދޭ މީހެއް ކަމުގައި ނުވުން.

ހުށަހަޅަންޖެހޭ ތަކެތި:

  • ވަޒީފާއަށް އެދި ހުށަހަޅާ ފޯމު (މި ފޯމް އައި.ޔޫ.އެމް ފުވައްމުލަކު ލަރނިންގ ސެންޓަރުން ލިބެން ހުންނާނެއެވެ.
  • ވަނަވަރު (ސީވީ)
  • ދިވެހިރައްޔިތެއްކަން އަނގައިދޭ ކާޑުގެ ދެފުށުގެ ސާފުކޮޕީ
  • ލިބިފައިވާ އެންމެ މަތީ ތަޢުލީމް ސެޓްފިކެޓްގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖެހި ކޮޕީ.
  • އެކައުންޓް ނަންބަރު ވެރިފައިކުރާ ސްލިޕް.

ސުންގަޑި:

  • ނޯޓް: އިއުލާނުގެ މުއްދަތު ފަހުންވެސް އިންވިޖިލޭޓަރުންގެ ޢަދަދު ހަމަނުވާނަމަ، އިތުރަށް އެފުރުސަތު ދެވޭނެ ވާހަކަ ދަންނަވަމެވެ.
  • ފުރިހަމަކޮށްފައިވާ އިންވިޖިލޭޓަރުންގެ ފޯމާއި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް 25 ނޮވެމްބަރ 2020 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން އައި.ޔޫ.އެމް ލާރނިންގ ސެންޓަރު – ފުވައްމުލަކު ސިޓީ (ކުރީގެ މިސްކިތް މަގު އަންހެނުންގެ ކޮމިޓީގެ ޢިމާރާތް) އަށް ހުށަހެޅުމަށް އެދެމެވެ.
  • އިތުރު މަޢުލޫމާތު ސާފުކުރުމަށް 3022161 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.
                              ޝުކުރިއްޔާ!
18 ނޮވެންބަރު 2020
ހޯދާ