ދިވެހިރާއްޖެ
އަންދާސީ ހިސާބު ހުށައެޅުން
މިމަރުކަޒުގައި ހުރި ބައެއް ކުދި މަރާމާތު ކުރަން ބޭނުންވެއްޖެއެވެ. ވީމާ އަމިއްލަ ތަކެތީގައި މިމަސައްކަތްތައް ކޮށް ދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން މިމަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށައޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައި އެކަމަށް ކަނޑައެޅިފައިވާ ވަގުތުގައެވެ. ގަޑިޖެހުމަށްފަހު ގެންނަވާ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެއެވެ. އަދި އަންދާސީ ހިސާބު ހުށައަޅުއްވަން ވަޑައިގަންނަވާއިރު ވަޑައިގަންނަވާ ބޭފުޅާގެ އައިޑީކާޑު ގެންނެވުން އެދެމެވެ.
- ބިޑްއިވިލުއޭޓް ކުރުމާއި ޕޮއިންޓް ދެވޭގޮތްތައް
1- ތަޖުރިބާއަށް: 10% (އެންމެ މަތީއަގެއްގެ މަސައްކަތް ނިންމާފައިވާ ލިޔުން ހުށައަޅާ ފަރާތަކަށް)
2- މަސައްކަތް ނިންމަން ހުށައަޅާ މުއްދަތަށް: 20% (މަސައްކަތް ނިންމަން ހުށައަޅާ އެންމެކުރު މުއްދަތަށް)
3- މަސައްކަތުގެ އަގަށް: 70% ( އެންމެ ކުޑައަގެއް ހުށައަޅާ ފަރާތަކަށް )
އިތުރު މަޢުލޫމާތު
# |
ތަފްޞީލު |
ގަޑި |
ތާރީހް |
1 |
މަޢުލޫމާތު ސާފުކުރެއްވުން |
1:00 |
19-11-2020 |
2 |
އަންދާސީ ހިސާބު ހުށައެޅުއްވުން |
1:00 |
24-11-2020 |
ހުށައަޅުއްވަން ޖެހޭ ލިޔުންތައް
1- ކުންފުންޏަކުން ހުށައަޅުއްވާ ނަމަ
ހ- ކުންފުނީގެ ޓަޖިސްޓްރީގެ ކޮޕީއެއް
ށ- ޓެކްސް ކްލިއަރރެންސް ސެޓްފިކޭޓްގެ ކޮޕީއެއް
ށ- ހުށައަޅުއްވާ ބިޑް ޑޮކިއުމެންޓް
ނ- ތަޖުރިބާގެ ލިޔުންތައް
2-އަމިއްލަ ފަރުދަކު ހުށައަލާނަމަ
ހ- އައިޑީ ކާޑުގެ ކޮޕީއެއް
ށ- ހުށައަޅުއްވާ ބިޑް ޑޮކިއުމެންޓް
ނ- ތަޖުރިބާގެ ލިޔުންތައް
ނޯޓް: މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށައަޅުއްވަން ވަޑައިގަންނަވާނީ ވ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އޮފީހަށެވެ.