ދޮންފަނު ސްކޫލް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

އިޢުލާނު

 

މަޤާމު:

މަސައްކަތު

މަޤާމުގެ ނަންބަރު:

J-147871

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެސް އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ދޮންފަނު ސްކޫލް، ބ.ދޮންފަން

މުސާރަ:

-/3100 ރުފިޔާ

ސަރވިސް އެލަވަންސް:

-/1000 ރުފިޔާ

އެހެނިހެން އެލަވަންސް:

  • ސަޕޯޓިންގ ކޯ އެލަވަންސް މަހަކު -/1200 ރުފިޔާ.
  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  • ދިވެހިރާއްޖެގެ ޕެންޝަނާބެހޭ ޤާނޫންގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ. 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 - ސްކޫލުގައި ހުރި ފަރުނީޗަރުތައް ސާފުކޮށް ބެލެހެއްޓުން.

- ސްކޫލުން ބާއްވާ އެކިއެކި ހަރާކާތްތަކަށް ސްކޫލުގެ ހޯލާއި ގޯތިތެރެ އަދި ހަރާކާތްތައް ކުރިއަށް ގެންދާ އެހެނިހެން ތަންތަން ތައްޔާރުކުރުން.

- ސްކޫލުގެ ދިޔަދޮވިތައް ސާފުކޮށް ބެލެހެއްޓުމާއެކު، ގޯތިތެރޭގައިވާ ބިޔަގަސްތައް ކޮށައި ސާފުކުރުން.

- ސްކޫލުގެ ގޯތިތެރޭގައި ވިނަހެދިފައިވާ ސަރަޙައްދުގައި ވިނަތައް ކޮށުން.

- ސްކޫލުގައި ހަރުކުރެވިފައިވާ ފަންކާތައް މަރާމާތުކުރުމާއި ސާފުކުރުން.

- ފެންވަޔަރިންގ އަށް ދިމާވާ އެކިކަހަލަ މައްސަލަތައް ހައްލުކޮށް މަރާމާތުކުރުން.

- ބްރެކް ފާސްޓް ގަޑިނިމުމުން ކުލާސްތަކުގައި ހުރި ކުނިތައް އުކާލުން

 - ސްކޫލުން ކުރިޔަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި، ކޯކަރިކިއުލަރ އެކްޓިވިޓީސްތަކުގައި ބައިވެރިވުމާއި،    މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން. އަދި ހަވާލުކުރެވިފައިވާ މަސައްކަތުގެ އިތުރުން، ސްކޫލުގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުމާއެކު، އޮފީހުގައި ހުންނަ ލިޔެކިޔުމާއި އެހެނިހެން ތަކެއްޗަށް އަމާނާތްތެރިވުން.

- ސްކޫލުގެ ގޯތިތެރެއާއި ގޯތީގެ ވަށައިގެންވާ މަގު ކުނިކަހައި ސާފުކޮށް ބެލެހެއްޓުމުގައި އެހީތެރިވުން.

- ސްކޫލުގެ އޮފީސް އިމާރާތާއި ކްލާސްރޫމްތަކާއި އެހެނިހެން ރޫމުތަކުގެ ދޮރާއި  ދޮރުފަތްތަކާއި ޖާލީ އަދި ތަޅުފަދަ ތަކެތި ސާފުކުރުން. އަދި މަރާމާތު ކުރަންޖެހޭތަކެތި މަރާމާތުކުރުމުގައި އެހީތެރިވުން.

- ސްކޫލުގެ އޮފީހާއި ސްޓާފްރޫމުގެ ފާޚާނާތަކާއި ކުދިންނަށް ޚާއްޞަކުރެވިފައިވާ ފާޚާނާތައް ސާފުކޮށް ބެލެހެއްޓުމުގައި އެހީތެރިވުން.

 

މަޤާމުގެ ޝަރުޠުތައް:

ލިޔަންކިޔަން އެނގުން.

  • ނޯޓް: ލިޔަންކިޔަން އެގޭކަން ދެނެގަންނާނީ، ދަށްވެގެން ސްކޫލް 5 ނިންމިކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަން ކިޔަން އެނގޭކަމަށް ބަޔާންކޮށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ދޫކުރާ ލިއުމަށް ބަލައިގެންނެވެ

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)   މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ: ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)    މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާ ނަމަ، އެ ސެޓުފިކެޓްގެ ކޮޕީ. 
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:   

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

(ނ)   ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އުވާލާފައިވާ ތަންތަނުގައި މަސައްކަތްކޮށްފައިވާ ނަމަ،  އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން އަދި އެ ޖަމްޢިއްޔާ/ޖަމާޢަތަކީ ހިނގަމުންދާ ޖަމްޢިއްޔާ/ޖަމާޢަތެއްކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން

މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން

ގާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 29 ނޮވެމްބަރ 2020ގެ 11:00 ގެ ކުރިން، ދޮންފަނު ސުކޫލަށެވެ. އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected]މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓްކުރެވޭނެއެވެ.

 

އިންޓަވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައިވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު   އޮންނާނީ، 01 ޑިސެމްބަރ 2020 އާއި 03 ޑިސެމްބަރ 2020 އާ ދެމެދު، ދޮންފަނު ސުކޫލު ގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6601002 އަށެވެ. އީ-މެއިލް ކުރާނީ [email protected]އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

16 ނޮވެމްބަރ 2020

01 ރަބީޢުލްއާޚިރު 1442  

16 ސެޕްޓެންބަރު 2020
ހޯދާ