މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
ވަންދޫ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީގައި ރިވަރސް އޮސްމޯސިސް ޑީސަލިނޭޝަން ޕްލާންޓެއް (ބޯރވެލްއާއެކު) ސަޕްލައިކޮށް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް

ގްރާންޓް ނަމްބަރ: D199-MV

 

ވަންދޫ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީގައި ރިވަރސް އޮސްމޯސިސް ޑީސަލިނޭޝަން ޕްލާންޓެއް (ބޯރވެލްއާއެކު) ސަޕްލައިކޮށް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށް

ޕްރޮޖެކްޓް ނަންބަރ: MV-MEE-158450-GO-RFB

 

ރިފަރެންސް ނަމްބަރ:  (IUL)438-MCEP/438/2020/217             ތާރީޚް: 16 ނޮވެމްބަރ 2020

 

ވާރލްޑް ބޭންކުގެ ހިލޭ އެހީގައި ހިންގަމުންދާ މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓްގެ (އެމް.ސީ.އީ.ޕީ) ދަށުން  ރިވަރސް އޮސްމޯސިސް ޑީސަލިނޭޝަން ޕްލާންޓެއް (ބޯރވެލްއާއެކު) ސަޕްލައިކޮށް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ޝަރުތު ހަމަވާ، އެކަށީގެންވާ ތަޖުރިބާ ހުރި، އަދި މިފަދަ މަސައްކަތެއް ކުރުމުގެ ޤާބިލްކަން ލިބިފައިވާ ފަރާތްތަކަށް ބީލަން ހުޅަހެޅުމުގެ ދަޢުވަތު އަރުވަމެވެ.

 

ބީލަން ހުށަހެޅުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގައި ރެޖިސްޓަރ ކުރަންވާނެއެވެ. ރެޖިސްޓްރޭޝަން ކުރިއަށް ދާނީ ގެޒެޓް ކުރެވޭ ދުވަހުން ފެށިގެން 5 ޑިސެމްބަރ 2020 ގެ 14:00 އާއި ހަމައަށް، އިޢުލާނު ނަންބަރާއި، ޕްރޮޖެކްޓް ނަން، ކުންފުނީގެ ނަން، ރަޖިސްޓްރޭޝަން ނަމްބަރ އަދި ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ބަޔާންކޮށް މި އިޢުލާނުގައި ބަޔާންކޮށްފައިވާ އީ-މެއިލް މެދުވެރިކޮށެވެ. ބީލަން ހުށަހެޅުމަށް ރެޖިސްޓަރ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

މި ޕްރޮޖެކްޓްގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 3000.00 (ތިން ހާސް) ދިވެހި ރުފިޔާގެ ބިޑް ސެކިޔުރިޓީއެއް ހުށަހަޅުއްވަންވާނެއެވެ.

މިމަސައްކަތް ކުރާނެ ފަރާތްތައް ހޮވާނީ އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ އުޞޫލުން، ވާރލްޑް ބޭންކް ގައިޑްލައިންސް: IDA ކްރެޑިޓް އަދި ހިލޭ އެހީގެ ދަށުން ގައުމުތަކުން ތަކެތި ހޯދުމާއި މަސައްކަތް ކުރާނެ ފަރާތްތައް ހޯދުން - 1 ޖުލައި 2016 ގައި އިސްލާޙުކޮށްފައިވާ އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން، ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ޢާއްމުކޮށް ހުޅުވާލެވިގެންނެވެ.

މަޢުލޫމާތު ސާފުކުރުން

މަސައްކަތާއި ބެހޭގޮތުން މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވަނީ ގެޒެޓް ކުރާ ތާރީޚުން ފެށިގެން އިން 10 ޑިސެމްބަރ 2020 ގެ 14:00 ގެ ކުރިން މިނިސްޓްރީގެ އީމެއިލް އެޑްރެސް ކަމަށްވާ  [email protected]އަށް އީމެއިލް ކުރައްވައިގެންނެވެ. މިމުއްދަތުގެ ފަހުން ކުރެވޭ ސުވާލުތަކަށް ޖަވާބެއް ނުދެވޭނެއެވެ.

 

ބިޑު ހުޅުވުން

 ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 15 ޑިސެމްބަރ 2020 ވާ އަންގާރަ ދުވަހުގެ މެންދުރު 11.00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެތެރެއިން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިންނަވަން ބޭނުންފުޅުވާ ބޭފުޅުންގެ ޙާޟިރުގައެވެ.

މި މަސައްކަތްތަކާއި ބެހޭ އެންމެހައި ލިޔެކިޔުންތައް 17 ނޮވެމްބަރ 2020 އިން ފެށިގެން ސޮފްޓްކޮޕީ ފޯރމެޓުގައި މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv   އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވަން ޝައުގުވެރިވާ ފަރާތްތަކުން 15 ޑިސެމްބަރ 2020 ވާ އަންގާރަ ދުވަހުގެ މެންދުރު 11.00 އަށް ބީލަން ފުރިހަމަކުރުމަށްފަހު ބަންދުކޮށްފައިވާ ސިޓީ އުރައެއްގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. 

 

އެޑްރެސް:

ޕްރޮޖެކްޓް މެނޭޖަރ

މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް

ހަނދުވަރީ ހިނގުން، 20392

މާލެ، ދިވެހިރާއްޖެ

އީމެއިލް:  [email protected]

ފޯން: 3018441 / 3018451

16 ނޮވެންބަރު 2020
ހޯދާ