ދިވެހިރާއްޖެ
ހަނިމާދޫ ސްކޫލް
ހދ. ހަނިމާދޫ، ދިވެހިރާއްޖެ
ނަންބަރ: GS60(G)/2020/008
އިޢުލާނު
ނީލަން ކިޔުން
މި ސްކޫލްގެ ޢިމާރާތްތަކުން ނެގި ޓިނުތަކާއި، ބައުވެ ހަލާކުވެފައިވާ ބައެއް ތަކެތީގެ ނީލަން، ތިރީގައިވާ ތާވަލާ އެއްގޮތަށް ހަނިމާދޫ ސްކޫލް ގޯތިތެރޭގައި އޮންނާނެއެވެ.
ތާރީޚް |
ގަޑި |
ނީލަމުގެ ބާވަތް |
25 ނޮވެންބަރު 2020 |
ހަވީރު 16:00 |
ޓިނު، ތިނބި (ޢިމާރާތްތަކުން ނައްޓާފައިވާ) |
26 ނޮވެންބަރު 2020 |
ހަވީރު 16:00 |
އެކި ބާވަތް (ގޮނޑި، މޭޒު، ކޮމްޕިއުޓަރ، އެއަރ ކޮންޑިޝަންފަދަ ތަކެތި) |
ވީމާ، މި ނީލަމުގައި ބައިވެރިވެލައްވަން ބޭނުންފުޅު ވެލައްވާ ފަރާތްތަކުން މަތީގައިވާ ތާވަލާ އެއްގޮތަށް ހަނިމާދޫ ސްކޫލަށް ޙާޟިރުވެ، ނީލަމުގައި ބައިވެރި ވެލެއްވުން އެދެމެވެ. ނީލަމުން ނަންގަވާ ތަކެތީގެ އަގު އަދާކުރެއްވުމަށްފަހު، 2020 ނޮވެންބަރު 29 ވާ އާދީއްތަ ދުވަހުގެ 16:30 ގެ ކުރިން، ނީލަމުންނެންގެވި ތަކެތި ގެންގޮސް ނިންމަވަން ވާނެއެވެ.
ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
29 ރަބީޢުލް އައްވަލް 1442
15 ނޮވެންބަރު 2020