ފެލިދެއަތޮޅު ފުލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުލިދޫގައިހުރިކުނި ތިލަފުއްޓަށް ގެންދިއުން

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ  

މި އިދާރައިގެ ބެލެމުގެ ދަށުގައިވާ ވ.ފުލިދޫ  ކުނިކޮށީގައިހުރި ފަނާނުވާ ޒާތުގެ ކުނި  ތިލަފުއްޓަށް ގެންގޮސްދޭން ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލަމެވެ.

މަޢުލޫމާތު ދިނުމާއި، އަންދާސީ ހިސާބު ހުށަހެޅުން

1-      ކުނިކޮށީގައިހުރި ފަނާނުވާ ޒާތުގެ ކުނި  ތިލަފުއްޓަށް ގެންގޮސްދިނުމާއި ގުޅޭގޮތުން މަޢުލޫމާތު ދިނުން އޮންނާނީ 2020 ނޮވެންބަރު 22 ވާ އާދީއްތަ ދުވަހުގެ 13:00ގައި ފެލިދެއަތޮޅު ފުލިދޫ ކައުންސިލްގެ އިދާރާގައެވެ.

2-      އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2020 ނޮވެންބަރު 29 ވާ އާދީއްތަ ދުވަހުގެ 13:00 ގައި ފެލިދެއަތޮޅު ފުލިދޫ ކައުންސިލްގެ އިދާރާއިގެ ޖަލްސާކުރާ މާލަމުގައެވެ.

އިތުރު މަޢުލޫމާތު

  • މި މަސައްކަތަށް ހުށަހަޅާ އަންދާސީ ހިސާބުގައި ހުށަހަޅާ ފަރާތުގެ މަޢުލޫމާތު (ނަން، އެޑްރެސް،ގުޅޭނެ ފޯނު ނަންބަރު) އަދި މަސައްކަތުގެ ޖުމްލަ އަގު އެނގެން އޮންނަންވާނެ އެވެ.  ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ 1 އަންދާސީ ހިސާބެވެ.
  • މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ އެވެ.
  • ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެ ލިޔުމެއް ހުށަހަޅަން ވާނެއެވެ.
  • ކުނިކޮށީގައިވާ ކުނިތައް ބަލަންބޭނުންވާ ރަށުންބޭރު ފަރާތްތަކުން ފުލިދުވަށްއައުމުން އެފަރާތްތަކަށް އެ އިންތިޒާމު ހަމަޖައްސައިދެވޭނެއެވެ. 
  • މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 29 ނޮވެންބަރު 2020 ވާ އާދިއްތަ  ދުވަހުގެ 13:00 ގެ ކުރިން މި ކައުންސިލް އިދާރައިގެ އީމެއިލް [email protected]  އަށް ލިޔުމުން ފޮނުވުން އެދެމެވެ. ނުވަތަ ރަސްމީގަޑިގައި 6700603,9994808,7500999 މިނަންބަރާއިގުޅައިގެން މަޢުލޫމާތު ސާފުކުރުން އެދެމެވެ.
  • ބިޑްތަށް އިވެލުއޭޓްކުރުމުގައި މާރކްސްދެވޭނީ ތިރީގައިވާ ކަންކަމަށެވެ.

 

 

މަސައްކަތް ޙަވާލުކުރާނެ ފަރާތެއް ހޮވުމުގައި ބަލާނެ މިންގަނޑުތައް

އިންސައްތަ

ތަފުޞީލް

%65

ހުށަހަޅާފައިވާ އަގަށް ( އެންމެ ކުޑައަގު ބެންޗްމާރކްކަމުގައި ބަލައިގެން)

 

ކުންފުނި،އަމިއްލަވިޔަފާރި އަދި ކޯޕަރޭޓިވް ސޮސައިޓީ

%5

އަމިއްލަ ފަރާތް

%20

މަސައްކަތުގެ މުއްދަތު

 

އަންދާސީ ހިސާބާއިއެކު ހުށަހަޅަންޖެހޭ ލިޔުންތައް

ހ- އަންދާސީ ހިސާބު

ށ- ވިޔަފާރި ރަޖިސްޓްރޭޝަން ކޮޕީ

ނ- ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ކޮޕީ

ރ- މީރާއިންދޫކުރާ ޓެކްސް ކްލިއަރެންސް ކޮޕީ

ބ- ކުންފުނި/ވިޔަފާރީގެ ޕްރޮފައިލް

ޅ- އަމިއްލަފަރާތް: ކާކުކަންއަންގައިދޭ ލިޔުން އަދި މަސައްކަތުގެ ތަޖުރިބާ (މަސައްކަތު ތަޖުރިބާގެ ލިޔުމުގައި އެ ލިޔުންދޫކުރި ފަރާތުގެ ތައްގަޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)

ހުށަހަޅަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ ލިޔުންތައް ފުރިހަމަ ނުވާނަމަ، އަންދާސީ ހިސާބު ބާޠިލްކުރުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

   ބީލަންތައް ހުންނަންވާނީ ސިޓީއުރައިގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން އަދި ބީލަންހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އިންނަންވާނެއެވެ.           

   ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރަމެވެ.

                         29 ރަބީޢުލްއައްވަލް 1442

                        15 ނޮވެންބަރު: 2020

15 ނޮވެންބަރު 2020
ހޯދާ