ދިވެހިރާއްޖެ
ނަންބަރު: GS-215/IUL/2020/11
ތާރީޚް: 15 ނޮވެމްބަރ 2020
އިޢުލާން
އިހައްދޫ ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ
މި ސްކޫލުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް 01 ޖެނުއަރީ 2021 އިން ފެށިގެން 1 އަހަރު ދުވަހަށް މިސުކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ. މިމަސައްކަތަށް ކުރިމަތިލެވޭނީ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކުރުމަށް ސަރުކާރުގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކާއި، އަމިއްލަ ވިޔަފާރިތަކާއި، ކުލަބު ޖަމްޢިއްޔާތަކަށް އެކަންޏެވެ. އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުން ކުރިމަތި ނުލެވޭނެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުޝަތު ހުޅުވާލަމެވެ.
ތަފްޞީލް |
ތަން |
ތާރީޚް |
ދުވަސް |
ގަޑި |
މައުލޫމާތު ސާފުކުރުން |
އިހައްދޫ ސްކޫލް |
23 ނޮވެމްބަރ 2020 |
ހޯމަ |
10:00 |
ބިޑް ހުށަހެޅުން |
އިހައްދޫ ސްކޫލް |
30 ނޮވެމްބަރ 2020 |
ހޯމަ |
10:00 |
މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި، ބިޑް ހުށަހެޅުމަށް ހަމަޖެހިފައިވާ ސުންގަޑީގެ ފަހުން ވަޑައިގަންނަވާ ފަރާތްތަކަށް އެބައްދަލުވުންތަކުގައި ބައިވެރިވުމުގެ ފުރުޞަތު ނުދެވޭނެއެވެ.