ދިވެހިރާއްޖެ
އިޢުލާން
ކުދިވިޔަފާރިތަކަށް 4 ބިމެއްކުއްޔަށްދޫކުރުން
މިރަށުގެ ބަނދަރުކައިރި ކުދިޝޮޕްތައްހުރި ސަރަޙައްދުން އައުޓްލައިން ޗާރޓްގައި ފާހަގަ ކުރެވިފައިވާ 320 އަކަފޫޓްގެ 4 ބިން (31.2/31.3/31.4/31.5) ކުދިވިޔަފާރި ކުރުމަށް ދޫކުރުމަށް ހަމަޖެހިފައިވާ އުޞޫލާއެއްގޮތަށް ކުއްޔަށް ދިނުމަށް ބީލަން އުޞޫލުން ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މި 4 ބިން ކުއްޔަށް ހިފަން ޝައުޤުވެރިވާ ފަރާތް ތަކުން ބިޑުގަތުމަށްއެދޭ ފޯމް ފުރިހަމަކޮށް ތިރީގައި ބަޔާންކޮށްފައިވާ މަޢުލޫމާތާއި އެއްގޮތަށް ބޭނުންވާ ބިމެއްގެ " ކުލީބިމަށް އެދޭފޯމް " މިއިދާރާއިން ބައްލަވައިގަތުމަށްފަހު، ބީލަން ހުށަހެޅުއްވުން އެދެމެވެ. ބިޑްގަންނަފަރާތްކަމަށް ލިޔުމުގައި ބަޔާންކޮށްފައިވާ ފަރާތުގެ ބަދަލުގައި އެހެންފަރާތަކަށް ބިޑްހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ.
ތަފްޞީލް |
މުއްދަތު |
ގަޑި |
ތަން |
ކުލީބިމަށް އެދޭ ފޯމް ވިއްކުން (ކުލީބިމަށް އެދޭ ފޯމް ވިއްކުމަށް ހަމަޖެހިފައިވަނީ 500.00 ރުފިޔާއަށް ) |
22 ނޮވެމްބަރ 2020 ވާ އާދިއްތަ ދުވަހުން ފެށިގެން 30 ނޮވެމްބަރ 2020 ވާ ހޯމަ ދުވަހަށް |
ރަސްމީ ކޮންމެ ދުވަހެއްގެ 09:00 ފެށިގެން 12:00 |
ހިންމަފުށީ ކައުންސިލްގެ އިދާރާއިން |
މަޢުލޫމާތު ދިނުން |
02 ޑިސެމްބަރ 2020 ވާ ބުދަ ދުވަސް |
މެންދުރު 12:00 |
ހިންމަފުށީ ކައުންސިލްގެ އިދާރާ |
ބީލަން ހުށަހެޅުން ( ކުލީބިމަށް އެދޭފޯމް ހުށަހެޅުން ) |
10 ޑިސެމްބަރ 2020 ވާ ބުރާސްފަތި ދުވަސް |
މެންދުރު 12:00 |
ހިންމަފުށީ ކައުންސިލްގެ އިދާރާ |
ބިޑްފޯމް ހުށަހެޅުއްވުމަށް ކަނޑައެޅިފައިވާ ގަޑީގެފަހުން ގެންނަފޯމްތައް ބަލައި ގަނެވެން ނޯންނާނެކަން މިފުރުޞަތުގައި ދަންނަވަމެވެ. މިބިމާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީގަޑީގައި 6642024 ނަންބަރު ފޯނާއެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.