ދިވެހިރާއްޖެ
ނަންބަރ: (IUL)241-B/241/2020/26
އިއުލާން
ގއ. ގެމަނަފުށި ރަސްމީ ފާލަމުގެ މަސައްކަތަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން
ގއ. ގެމަނަފުށީ ކައުންސިލާއި ގއ. އަތޮޅުކައުންސިލް ގުޅިގެން ހިންގަން ހަމަޖެހިފައިވާ ގއ. ގެމަނަފުށީ ރަސްމީ ފާލަމުގެ ނުނިމި ހުރި މަސައްކަތް ނިންމުމަށްޓަކައި މި މަސައްކަތަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ މިމަސައްކަތް އަމިއްލަ ތަކެތީގައި ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 15 ނޮވެމްބަރ 2020 އިން ފެށިގެން 20 ނޮވެމްބަރ 2020 އާއި ދެމެދު ގއ. އަތޮޅު ކައުންސިލަށް ނުވަތަ ގއ. ގެމަނަފުށީ ކައުންސިލަށް ރަސްމީ ގަޑީގައި ވަޑައިގެން ބިޑާއިބެހޭ މައުލޫމާތު ހޯދުމަށްޓަކައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށް އީ މެއިލް މެދުވެރިކޮށް ބިޑާއި ބެހޭ މައުލޫމާތު ދެވޭނެއެވެ. މި މަސައްކަތަށް ކުރިމަތި ލެވޭނީ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ގޮތުގައި ވިޔަފާރި ކުރުމަށް ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މިމަސައްކަތާއި ގުޅޭ ޕްރީބިޑް މީޓިންގ އާއި ބިޑް ހުށަހަޅަންޖެހޭ ތާރީޚް ތިރީގައި ބަޔާންކުރެވިފައި އެވަނީއެވެ.
ތަފްޞީލް |
ތަން |
ތާރީޚް |
ދުވަސް |
ވަގުތު |
ޕްރީބިޑް މީޓިންގ |
ގއ.އަތޮޅުކައުންސިލްގެ އިދާރާ ގއ. ގެމަނަފުށި ކައުންސިލްގެ އިދާރާ |
22 ނޮވެމްބަރ 2020 |
އާދީއްތަ |
13.00 |
ބިޑް ހުށަހެޅުން |
ގއ.އަތޮޅުކައުންސިލްގެ އިދާރާ ގއ. ގެމަނަފުށި ކައުންސިލްގެ އިދާރާ |
26 ނޮވެމްބަރ 2020 |
ބްރާސްފަތި |
13.00 |
މައުލޫމާތު ދިނުމުގެ ސެޝަނަށާއި ( ޕްރީބިޑް މީޓިންގ ) ، ބިޑް ހުށަހެޅުއްވުމަށް ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކަށް އެބައްދަލުވުންތަކުގައި ބައިވެރިވުމުގެ ފުރުޞަތު ނުދެވޭނެއެވެ.
ބިޑް އިވެލުއޭޓްކޮށް މާރކްސް ދެވޭނެ މިންގަނޑު
- ހުށަހަޅާ އަގަށް 60%
- މުއްދަތަށް 10%
- ތަޖުރިބާ އަށް 15%
- މާލީ ތަނަވަސްކަމަށް 15%
މިހެންވެ މިކަން އާންމުކޮށް އަންގާ އިއުލާންކުރީމެވެ.
23 ރަބީއުލްއައްވަލް 1442 ހ.
09 ނޮވެމްބަރ 2020 މ