ހދ. ހިރިމަރަދޫ މިސްކިތްތަކުގެ އިމާމުން ސަލާމާއި، ޗުއްޓީގައި ހުންނަވާ ވަގުތުތަކުގައި މިސްކިތްތައް ބެލެހެއްޓުމަށް ވޭޖް އެމްޕްލޯއިމަންޓްގެ އުޞޫލުން އެކުލަވާލާ ޕޫލުގައި މަސައްކަތް ކުރާނެ ފަރާތްތައް ހޯދުމަށް މިއިދާރާއިން ކުރި ނަންބަރ: IUL)261/261/2020/19) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ސިޓީ ހުށަހަޅާފައި ނުވާތީ އެއިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނު ކުރަމެވެ. ހދ. ހިރިމަރަދޫ މިސްކިތްތަކުގެ އިމާމުން ސަލާމާއި، ޗުއްޓީގައި ހުންނަވާ ވަގުތުތަކުގައި މިސްކިތްތައް ބެލެހެއްޓުމަށް ވޭޖް އެމްޕްލޯއިމަންޓްގެ އުޞޫލުން އެކުލަވާލާ ޕޫލުގައި މަސައްކަތް ކުރާނެ ފަރާތްތައް ހޯދަން ބޭނުންވެއްޖެއެވެ.
|
މަޤާމް:
|
އިމާމު / މުދިމް (ވޭޖް)
|
މަޤާމުގެ ގިންތި:
|
ވަގުތީ
|
ބޭނުންވާ އަދަދު:
|
01 (އެކެއް)
|
ވަޒީފާ އަދާކުރަންޖެހޭ ތަން:
|
ހިރިމަރަދޫ ކައުންސިލްގެ އިދާރާ / މަސްޖިދުލް އިޢުތިޒާޒް
|
މަސައްކަތުގެ އުޖޫރަ:
|
- މަސައްކަތާއި ގުޅޭ ދާއިރާއަކުން ސަނަދެއް އޮތް ބޭފުޅެއްނަމަ ކުރާ ކޮންމެ ނަމާދަކަށް 61.00 ރުފިޔާގެ ރޭޓުން (ރޭންކް GS3)
- މަސައްކަތާއި ގުޅޭ ދާއިރާއެއްގެ ސަނަދެއް ނެތްނަމަ ކުރާ ކޮންމެ ނަމާދަކަށް 53.00 ރުފިޔާގެ ރޭޓުން (ރޭންކް GS1)
|
މަސައްކަތުގެ ޝަރުތު:
|
- އިމާމުވެ ނަމާދުކުރަން އެނގޭ އަދި އިމާމުވެ ނަމާދުކުރެވޭ ފެންވަރަށް ތަޖުވީދު މަގުން ކީރިތި ޤުރުއާން ކިޔަވަން އެނގޭ މީހަކަށްވުން.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް
|
- އޮފީހުން ހަވާލުކުރާ މިސްކިތެއްގައި ފަރުޟު ފަސްނަމާދު، ކޮންމެވަގުތެއްގެ ގަޑިޖެހުމުގެ ކުރިން މިސްކިތަށް ގޮސް މިސްކިތުގެ ކަންތައްތައް ރަނގަޅުކުރުމާއި، ނަމާދުވަގުތު ޖެހުމުން ބަންގިގޮވުމާއި، އިމާމުވެ ނަމާދުކުރުން.
- މިސްކިތުގެ ސައުންޑް ސިސްޓަމް ބެލެހެއްޓުމާއި، ސިސްޓަމަށް މައްސަލައެއް ދިމާވެއްޖެނަމަ އެކަން ކައުންސިލް އިދާރާއަށް އަންގައިގެން ހައްލުކުރުމަށް މަސައްކަތްކުރުން.
- މިސްކިތުގެ ސާފުތާހިރުކަމާއި އަދި މިސްކިތުގެ އެންމެހާ ކަންތައްތައް ހިނގާ ނުހިނގާ ގޮތްބަލައި މަސައްކަތު މީހުންގެ މަސައްކަތް ސުޕަވައިޒްކޮށް ބަލައި ދިމާވާ މައްސަލަތައް ކަމާބެހޭ ފަރާތްތަކާއި ގުޅިގެން ހައްލުކުރުމަށް މަސައްކަތް ކުރުން.
- މިސްކިތުގެ އެއްވެސް ތަނަކަށް ގެއްލުމެއް ލިބިފައިވޭތޯ ބެލުމާއި، މަރާމާތެއް ކުރަންޖެހިފައިވާ ތަނެއް ހުރިތޯބަލައި ކައުންސިލް އިދާރާއަށް އަންގައި އެކަން ހައްލުކުރުމަށް މަސައްކަތްކުރުން.
- މިސްކިތަށް ނަމާދަށް އަރާމީހުންނަށް ރަނގަޅު މާހައުލެއް ގާއިމްކުރުމަށް ކަމާބެހޭ ފަރާތްތަކާއި ގުޅިގެން މަސައްކަތްކުރުން.
- މިސްކިތާއި މިސްކިތުގެ ގޯތިތެރޭގައި ކައުންސިލްގެ އިދާރާގެ ހުއްދަނެތި އެއްވެސް ލިޔުމެއް ހަރުކުރެވިފައި ހުރިތޯބެލުމާއި އެފަދަ ލިޔުމެއް ހުރިނަމަ ކައުންސިލްގެ އިދާރާއަށް އަންގާ އެލިޔުމެއް ނައްތާލުން އަދި މިސްކިތުގެތެރޭގައި ހުއްދަނެތި އެއްވެސް ފޮތެއް ނުވަތަ ލިޔުމެއް ހުރިނަމަ އެފަދަ ފޮތްތައް ކައުންސިލްގެ އިދާރާއާއި ހަވާލުކުރުން
- މިސްކިތާއި މިސްކިތުގެ ގޯތިތެރޭގައި އިސްލާމްދީނާއި ޤާނޫނާއި ޤަވާއިދާއި ޚިލާފަށް އެއްވެސް ޙަރަކާތެއް ހިންގާނަމަ، ނުވަތަ ހިންގަން އުޅޭކަން އެނގިއްޖެނަމަ ކައުންސިލްގެ އިދާރާއަށް އެންގުމާއެކު ކައުންސިލުން އަންގަވާ ގޮތެއްގެ މަތިން އަމަލުކުރުން.
- މިސްކިތުގައި ދީނީ ދަރުސްތައް ދިނުންފަދަ ދީނީ ޕްރޮގްރާމްތައް ހިންގާނަމަ، އެފަދަ ޕްރޮގްރާމްތަކަށް ބޭނުންވާ އެހީތެރިކަން ދިނުމާއި އަދި އެކަމެއް ނިމެންދެން މިސްކިތުގައި މަޑުކުރުން.
- އޮފީހުން އަންގައިފި ހިނދެއްގައި ކޭތަ ނަމާދާއި، އީދު ނަމާދާއި ހުކުރު ނަމާދު އަދި ތަރާވީޙް ނަމާދު އިމާމްވެ ކުރުން.
- މިސްކިތާއި ބެހޭގޮތުން ރައްޔިތުންކުރާ ޝަކުވާ އަޑުއަހައި އެޝަކުވާތައް ކައުންސިލްގެ އިދާރާއަށް ހުށަހަޅައިގެން ޙައްލުކުރުމަށް މަސައްކަތްކުރުން.
- ޙަވާލުކުރެވިފައިވާ ރަސްމީ މަސައްކަތާއި ގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހާ ކަންތައްތައް ކުރުން.
- ކައުންސިލްގެ އިދާރާއިން ކުރިއަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، ކައުންސިލްގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންކަން ކުރުން.
- ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާއިގުޅޭ އެންމެހާ ކަންކަމުގައި ކައުންސިލަށާއި، ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.
- ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމަ އެއްބާރުލުންދީ އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހާ ކަންތައްތައް ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާއި އިރުޝާދުގެ މަތިން ކުރުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
- މަސައްކަތު ތަޖްރިބާގެ ލިޔުންތަކުގެ ކޮޕީ
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު
- މަސައްކަތު ތަޖުރިބާ ލިބިފައިވާ މިންވަރު
- މަސައްކަތު ހުނަރާއި ފެންވަރާއި ޤާބިލުކަމާއި، ސިފަތައް އިންޓަވިއު ޕެނަލްއަށް ސާބިތުކޮށްދޭ މިންވަރު
|
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 23 ނޮވެމްބަރ 2020 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ހިރިމަރަދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އަށް އެދޭ ސިޓީއާއި ލިޔުންތައް އީމެއިލް (([email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. ކޮވިޑް-19 ރޯގާއާއި ގުޅިގެން ސަރުކާރު އޮފީސްތައް ނުހުޅުވާ ދުވަސްތަކުގައި ވަޒީފާއަށް އެދޭ ލިޔުންތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އީމެއިލް މެދުވެރިކޮށް އެކަންޏެވެ. އިދާރާގެ އީމެއިލްއަށް ސިޓީ ލިބުމުން އެކަން ސިޓީ ހުށަހެޅުއްވި ފަރާތަށް އީމެއިލް މެދުވެރިކޮށް އެންގޭނެއެވެ.
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ސިޓީ ބަލައިގަނެވޭނެއެވެ.
|
ޝޯޓްލިސްޓް ކުރުން:
|
މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތަށް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:
|
މިމަޤާމަށް ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 23 ނޮވެމްބަރ 2020 އާއި 23 ޑިސެމްބަރ 2020 އާއި ދެމެދު ހދ. ހިރިމަރަދޫ ކައުންސިލްގެ އިދާރާގައެވެ.
|
ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް) އާންމުކުރުން:
|
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް) އާންމުކޮށް ފެންނާނެހެން މިއިދާރާގެ ނޯޓިސްބޯޑުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު ޢާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެޝަކުވާއެއް މިއިދާރާއަށް ހުށަހަޅަންވާނެއެވެ.
|
މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6520047 އަށެވެ. އީމެއިލް ކުރާނީ [email protected] އަށެވެ.
ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާއި ގުޅޭ" އިން ލިބެން ހުންނާނެއެވެ.
|