ދިވެހިރާއްޖެ
މި އިދާރާ އިންދޭ މަޢުލޫމާތާ އެއްގޮތަށް އުތުރު ބޯޅަ ދަނޑާއި، ދެކުނު ބޯޅަދަނޑާއި ދެކުނު 2 ވޮލީކޯޓާއި، ޓާފު ދަނޑާއި، އިންޑޯ ހޯލާއި، އަދި ގަބުރުސްތާނާއި ހިނަވާގެ މި ތަންތަން ކުނިކަހާ ފޮޅައި ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދަން ބޭނުންވާތީ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމާއި، އަންދާސީ ހިސާބު ހުށައެޅުމަށް ފުރުޞަތު ހުޅުވާލަމެވެ. މިތަންތަން ޙަވާލު ކުރުމުގައި އެކުޅިވަރެއް ކުޅޭ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
މަޢުލޫމާތު ސާފުކުރުމާއި، އަންދާސީ ހިސާބު ހުށަހެޅުން
ތަފްޞީލް |
ތަން |
ތާރީޚް |
ދުވަސް |
ގަޑި |
މަޢުލޫމާތު ސާފުކުރުން |
ތޮއްޑޫ ކައުންސިލްގެ އިދާރާ |
19 ނޮވެންބަރު 2020 |
ބުރާސްފަތި |
13:00 |
އަންދާސީ ހިސާބު ހުށަހެޅުން |
ތޮއްޑޫ ކައުންސިލްގެ އިދާރާ |
22 ނޮވެންބަރު 2020 |
އާދީއްތަ |
13:00 |
މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުންރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތައް ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާފަރާތްތައްކަމުގައި ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުމުގައި ކޮންމެ މީހަކަށްވެސް ތަމްސީލް ކުރެވޭނީ އެއް ވިޔަފާރީގެ ނަމުގައެވެ.
މަޢުލޫމާތު ސާފުކުރަން ވަޑައިގަންވާއިރު ތިރީގައި މިދަންނަވާ ތަކެތި ގެންނަވަންވާނެއެވެ.
- ވިޔަފާރި ރަޖިސްޓްރޭޝަން އަދި އައި.ޑީ.ކާޑު ކޮޕީ.
ބަދަލުގައި މީހަކު ފޮނުވާނަމަ އެކަންއެގޭނެ ލިއުން.