ދިވެހިރާއްޖެ
ބެޑްމިންޓަން ވޯލްޑް ފެޑަރޭޝަން/ ބެޑްމިންޓަން އޭޝިއާ އިން އިންތިޒާމުކޮށްގެން، ލެވެލް-1 ކޯޗިންގ އެވެއަރނެސް ޕުރޮގުރާމެއް އޮންލައިންކޮށް ބޭއްވުމަށް ވަނީ ރާވާފައެވެ. އަދި މި ޕުރޮގުރާމުގައި ބައިވެރިވުމަށްޓަކައި ދިވެހިރާއްޖެއިން ނަންހުށައެޅުމުގެެ ފުރުޞަތު ހުޅުވާާލައްވާފައިވާ ކަމަށް ބެޑްމިންޓަން އޭޝިއާއިން މި އެސޯސިއޭޝަނަށް ވަނީ އަންގަވާފައެވެ.
ވީމާ، މި ޕުރޮގުރާމުގައި ބައިވެރިވާން ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިވާ ލިޔެކިޔުންތަކާއެކު، 14 ނޮވެންބަރު 2020 ގެ 15:00 ގެ ކުރިން މި އެސޯސިއޭޝަންގެ އީމެއިލް [email protected] ހުށަހެޅުއްވުން އެެދެމެވެ.
- ވަނަވަރު
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (ބިދޭސީ އެއްނަމަ ޕާސްޕޯޓު ކޮޕީ)
- ފޯނު ނަންބަރު
- އީމެއިލް އެޑްރެސް
- ޕާސްޕޯޓު ސައިޒުގެ ފޮޓޯ (މަދުވެގެން 300pp ރިޒޮލިއުޝަންގެ)
މިކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ބޭނުންފުުޅުވާނަމަ، [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
މި ޕުރޮގުރާމު ފުރިހަމަކުރައްވާ ބައިވެރިންނަށް ބެޑްމިންޓަން އޭޝިއާ އިން އެވަރޑްކުރާ ސެޓިފިކެޓް އެރުވޭނެއެވެ. އަދި ދަންނަވަމެވެ، ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މީގެ ކުރީގައި މި ޕުރޮގުރާމުގައި ބައިވެރިވެވަޑައިގެންފައިނުވާ، އަދި ބެޑްމިންޓަން ކުރިއެރުވުމަށް މަސައްކަތްކުރައްވާ ފަރާތްތަކަށް އިސްކަންދެވޭނެ ވާހަކަ ދަންނަވަމެވެ.