ދިވެހިރާއްޖެ
މާމެންދޫ ސްކޫލް
ލ.މާމެންދޫ
ނަންބަރ: GS-189/IUL/2020/08
އިޢުލާން
2021 ވަނަ އަހަރު ޕްރިންސިޕަލް ހުންނަވާނެ ގެއެއް ކުއްޔަށް ހިފަން ބޭނުންވެއްޖެ
01 ޖެނުއަރީ 2021 އިން 31 ޑިސެމްބަރ 2021 ގެ ނިޔަލަށް މިސްކޫލްގެ އިސްވެރިޔާ ހުންނެވުމަށް 2 ކޮޓަރި (ފާޚާނާއާއެކު)، ސިންޓިންގރޫމް، ބަދިގެ އަދި ކާގެ ހިމެނޭގޮތަށް އެޕާރޓްމަންޓެއް ކުއްޔަށް ހިފަން ބޭނުން ވެއްޖެއެވެ.
. ވީމާ، އެޕާރޓްމަންޓް ކުއްޔަށް ދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2020 ނޮވެމްބަރ 18 އަދި 19 ވަނަ ދުވަހު 9:00 އިން 12:00 އާއި ދެމެދު ސްކޫލްގެ އޮފީހަށް ވަޑައިގަތުމުން ނަންނޯޓް ކުރުމުގެ އިންތިޒާމް ހަމަޖެހިފައި ވާނެއެވެ. ނަންނޯޓް ކުރާ ގަޑީގައި މަޢުލޫމާތު ކަރުދާސް ދޫކުރެވޭނެއެވެ.
އަދި މިކަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2020 ނޮވެމްބަރ 22 ވަނަ ދުވަހުގެ 10:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ނުވަތަ މިސްކޫލްގެ އޮފީހަށް ލިޔުމުން ފޮނުއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
ނަންނޯޓް ކުރަން ވަޑައިގަންނަވާއިރު އައިޑީކާޑް އަދި ބަދަލުގައި އެހެން ފަރާތެއް ހާޟިރުވާނަމަ ޙާޟިރުވާ ފަރާތުގެވެސް އައިޑީކާޑާއި ވެރިފަރާތުގެ ލިޔުމެއް ގެންނަންވާނެއެވެ.
ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2020 ނޮވެމްބަރ 25 ވާ ބުދަ ދުވަހު 10:00 ގައެވެ.
އިތުރު މަޢުލޫމާތު 6800549 ފޯނުންލިބިލައްވާނެއެވެ. އީ-މެއިލް އަކީ [email protected] އެވެ.
24 ރަބީއުލްއައްވަލް 1442
10 ނޮވެމްބަރ 2020