މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
ބ. އޭދަފުށީ އައިލެންޑް ވޭސްޓް އެންޑް ރިސޯސް މެނޭޖްމެންޓް ސެންޓަރ އަޕްގްރޭޑްކުރުމުގެ މަސައްކަތައް

ސާފު ރާއްޖެ - މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް

ގްރާންޓް ނަމްބަރ: D199-MV 

ބ. އޭދަފުށީ އައިލެންޑް ވޭސްޓް އެންޑް ރިސޯސް މެނޭޖްމެންޓް ސެންޓަރ އަޕްގްރޭޑްކުރުމުގެ މަސައްކަތައް

ޕްރޮޖެކްޓް ރެފަރެންސް ނަންބަރު: MV-MEE-148352-CW-RFB

 

އިޢުލާން ނަމްބަރ: IUL)438-MCEP/438/2020/214)                 ތާރީޚް: 9 ނޮވެމްބަރ 2020

 

  1. ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް މެދުވެރިކޮށް، އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އޮސޯސިއޭޝަން - ވާރލްޑް ބޭންކުގެ ހިލޭ އެހީގައި ހިންގަމުންދާ މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް (އެމް.އީ. ސީ. ޕީ) ދަށުން ބ. އޭދަފުށީ އައިލެންޑް ވޭސްޓް އެންޑް ރިސޯސް މެނޭޖްމެންޓް ސެންޓަރ އަޕްގްރޭޑްކުރުމުގެ މަސައްކަތައް ޝައުގެވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މި މަސައްކަތުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 4،000.00 ދިވެހި ރުފިޔާ ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 118 ދުވަހެވެ.

2. ބީލަން ހުށަހެޅުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގައި ރެޖިސްޓަރ ކުރަންވާނެއެވެ. ރެޖިސްޓްރޭޝަން ކުރިއަށް ދާނީ ގެޒެޓް ކުރެވޭ ދުވަހުން ފެށިގެން 22 ނޮވެމްބަރ 2020 ގެ ނިއަލަށް، އިޢުލާނު ނަންބަރާއި، ޕްރޮޖެކްޓް ނަން، ރެޖިސްޓަރ ވާން އެދިލައްވާ ފަރާތުގެ ނަން އަދި ގުޅޭނެ ނަންބަރު ބަޔާންކޮށް މި އިޢުލާނުގައި ބަޔާންކޮށްފައިވާ އީ-މެއިލް މެދުވެރިކޮށެވެ. ބީލަން ހުށަހެޅުމަށް ރެޖިސްޓަރ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

3. މިމަސައްކަތް ކުރާނެ ފަރާތްތައް ހޮވާނީ ނެޝަނަލް ކޮމްޕެޓިޓިވް ބިޑިންގ އުޞޫލުން، ވާރލްޑް ބޭންކް ގައިޑްލައިންސް: IDAކްރެޑިޓް އަދި ހިލޭ އެހީގެ ދަށުން ގައުމުތަކުން ތަކެތި ހޯދުމާއި މަސައްކަތް ކުރާނެ ފަރާތްތައް ހޯދުން - 1 ޖުލައި 2016 ގައި އިސްލާޙުކޮށްފައިވާ އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން، ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ޢާއްމުކޮށް ހުޅުވާލެވިގެންނެވެ.

4. މިބީލަމާއިގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވަނީ ގެޒެޓް ކުރާ ތާރީޚުން ފެށިގެން 22 ނޮވެމްބަރ 2020 ވާ އާދީއްތަ ދުވަހުގެ މެންދުރު 14:00 އާއި ދެމެދު މިނިސްޓްރީގެ އީމެއިލް އެޑްރެހެއް ކަމަށްވާ  [email protected] އަށް އީމެއިލް ކުރައްވައިގެންނެވެ. މިމުއްދަތުގެ ފަހުން ކުރެވޭ ސުވާލުތަކަށް ޖަވާބެއް ނުދެވޭނެއެވެ.

5. މި މަސައްކަތަށް ބީލަން ހުށަހެޅުމަށް ބޭނުންވާ ބީލަން ކަރުދާސް ސެޓް (ޓެކްނިކަލް ސްޕެސިފިކޭޝަން، ޑްރޯވިންގްސް، ބީ.އޯ.ކިއު އަދި ބިޑް ޑޮކިޔުމަންޓް) މި ތިރީގަިއ މިވާ ލިންކް މެދުވެރިކޮށް ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. 

https://drive.google.com/drive/folders/1_qsyqARyAE9tLRnY7izVX3vSiUVKi97Q?usp=sharing

6. ވީމާ، ބީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 06 ޑިސެމްބަރ 2020 ވާ އާދިއްތަ ދުވަހުގެ11:00 އަށް ބީލަން ހުށަހެޅުއްވުން އެދެމެވެ. އިލެކްޓްރޯނިކް ޛަރީޢާއަކުން ހުށަހެޅޭ ބީލަންތައްތައް ބަލައި ނުގަނެވޭނެއެވެ. އަދި ގަޑިޖެހުމަށް ފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. 

7. ބީލަންތައް ހުޅުވުން އޮންނާނީ 06 ޑިސެމްބަރ 2020 ވާ އާދިއްތަ ދުވަހުގެ 11:00 ގައި ބީލަންތައް ހުށަހަޅާފަރާތްތަކުގެ މަންދޫބުންގެ ހާޟިރުގައި މިމިނިސްޓްރީގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަމާއި ލޮޓް ނަމްބަރ އަދި ބީލަން ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

8. މިބީލަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން، ރަސްމީ ދުވަސްތަކުގެ 09:00 އިން 14:00 އާއި ދެމެދު ތިރީގައިވާ އެޑްރެހުން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

ޝަޒްލީނާ އިބްރާހިމް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް

ގްރީން ބިލްޑިންގ، ހަނދުވަރީ ހިންގުން

މާލެ/ ދިވެހިރާއްޖެ

ފޯން: 8441 301 00960

ފެކްސް: 8451 301 00960

އީމެއިލް: [email protected]

10 ނޮވެންބަރު 2020
ހޯދާ