ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެނާއި ނަރުދަމާގެ ޙިދުމަތަށް އެދުމުގެ މުއްދަތު އިތުރުކުރުން

އިޢުލާން

 ފެނާއި ނަރުދަމާގެ ޙިދުމަތަށް އެދުމުގެ މުއްދަތު އިތުރުކުރުން

                     މިއިދާރާގެ ނަންބަރު: (IUL)387/387/2020/67 (07 އޮކްޓޯބަރ 2020) އިޢުލާނުން އާންމުކުރެވިފައިވާ، ނަރުދަމާ ފޯމު ހުށަހެޅުމުގެ މުއްދަތުވަނީ 09 ނޮވެމްބަރ 2020 ވީ ހޯމަ ދުވަހަށް ހަމަވެފައެވެ. ނަމަވެސް ނަރުދަމާ ޚިދުމަތަށް އެދި ހުށަހަޅާ ފޯމު އެކިއެކި ސަބަބު ތަކާއި ހުރެ ބައެއް ފަރާތްތަކަށް ކަނޑައެޅިފައިވާ މުއްދަތަށް ހުށަހެޅިފައިނުވާތީ، 10 ޑިސެމްބަރ 2020 ވާ ބުރާސްފަތި ދުވަހުގެ 14:00 ށް ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.

                   ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ޢަމަލުކުރާނެ އުސޫލާއި އެއްގޮތައް ކަނޑައެޅިފައިވާ މުއްދަތުގައި ފޯމު ހުށަހަޅާ ފަރާތްތަކަށް ޖަންކްޝަން ހޮޅި ގުޅައިދެވޭނީ ޕްރޮޖެކްޓްގެ ދަށުން ހިލޭ ކަމަށާއި މުއްދަތުގެ ފަހުން ހުށަހަޅާ ފޯމުތަކަށް ޖަންކްޝަން ހޮޅި ގުޅައިދެވޭނީ ޚިދުމަތް ދިނުމަށް ކަނޑައެޅިފައިވާ ޔުޓިލިޓީ ކޮމްޕެނީއިން އެކަމަށް ނެގޭ އަގެއްގެ ދަށުން ކަމުގައި ވަނީ އަންގަވާފައެވެ. މިހެންކަމުން މި ޚިދުމަތަށް އެދި ވީހާގިނަ ފަރާތްތަކުން ފޯމު ފުރުއްވާ ހުށަހެޅުއްވުމަށް ދެންނެވީމެވެ.

             ވީމާ، 10 ޑިސެމްބަރ 2020 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ފެނާއި ނަރުދަމާ ޚިދުމަތަށް އެދޭ ފޯމް މިއިދާރާއަށް ހުށަހެޅުއްވުން އެދި ދެންނެވީމެވެ. ހިދުމަތައް އެދި ހުށަހަޅާ ފޯމް ކައުންސިލް އިދާރާއިން ލިބެންހުންނާނެއެވެ. އަދި ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ޢަމަލުކުރާނެ އުސޫލު ނޯޓިސް ބޯޑުގައި ޢާންމުކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.

                    24ރަބީޢުލް އައްޥަލް 1442

10 ނޮވެންބަރު 2020
ހޯދާ