ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނަޑެއްލާ ކައުންސިލްގެ އިދާރާގެ ބައެއް މަރާމާތުތައް ކުރުމަށް

އިޢުލާން

ނަޑެއްލާ ކައުންސިލްގެ އިދާރާގެ ބައެއް މަރާމާތުތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުން:

މި އިދާރާގެ ބައެއް މަރާމާތުތައް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި މަރާމާތާއިބެހޭ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ ތިރީގައި މިދަންނަވާ ގަޑިތަކުގައި މި އިދާރާގައެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ ލިޔުމަކުން އެކަން މި އިދާރާއަށް އަންގަވަންވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅާ ސިޓީއުރައިގެ ބޭރުގައި "ނަޑެއްލާ ކައުންސިލްގެ އިދާރާގެ ބައެއް މަރާމާތުތައް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް އެދި" މިގޮތަށް ލިޔެފައި އޮންނަންވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

  1. މަޢުލޫމާތު ސާފުކޮށްދިނުން:    16 ނޮވެމްބަރ 2020 ވާ ހޯމަ ދުވަހުގެ 13:00 ގައި.
  2. އަންދާސީ ހިސާބު ބަލައިގަތުން: 23 ނޮވެމްބަރ 2020 ވާ ހޯމަ ދުވަހުގެ 13:00 ގައި.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

24 ރަބީޢުލްއައްވަލް 1442      

10 ނޮވެމްބަރ 2020  

10 ނޮވެންބަރު 2020
ހޯދާ