މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
ތިމާވެށީގެ ދިރާސާ ކުރާ ދިވެހިކުންފުނިތައް ވޮލަންޓްރީކޮށް ބައިވެރިކުރުން

ނަންބަރު:  (IUL)438-HRU/438/2020/216)

ރާއްޖޭގެ ތިންވަނަ ނޭޝަނަލް ކޮމިއުނިކޭޝަން ތައްޔާރުކުރުމުގައި ތިމާވެށީގެ ދިރާސާ ކުރާ ދިވެހިކުންފުނިތައް ވޮލަންޓްރީކޮށް  ބައިވެރިކުރުން

ޝަޢުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

މިމިނިސްޓްރީގެ ފަރާތުން އ.ދ.ގެ މޫސުމަށް އަންނަ ބަދަލުތަކާއި ބެހޭ މުޢާހަދާއަށް، ރާއްޖޭގެ ފަރާތުން " ތާރޑް ނެޝަނަލް ކޮމިއުނިކޭޝަން" ތައްޔާރު ކުރުމުގައި، ރާއްޖޭގެ ތިމާވެށީގެ ދިރާސާ ކުރާ ކުންފުނިތަކުގެ ބައިވެރިވުން އިތުރު ކުރުމަށް ބޭނުންވާތީ، މިކަމަށް ޝަވްޤުވެރިވާ ފަރާތްތަކުން މިއިޢުލާނާއި އެކު މިވާ "ޓާރމްސް އޮފް ރިފަރެންސް" އާއި އެއްގޮތަށް ޕްރޮޕޯސަލް ހުށަހެޅުއްވުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މިމަސައްކަތަކީ، ވޮލަންޓްރީ މަސައްކަތެއް ކަމުން މިކަމުގައި ބައިވެރިވާ ފަރާތްތަކަށް ކޮންސަލްޓެންސީ ފީއެއް ދިނުމަށް ހަމަޖެރިފައި ނުވެއެވެ. ނަމަވެސް މަސައްކަތާއި ގުޅޭގޮތުން ރާއްޖޭގެ އެތެރޭގައި ކުރެވޭ ދަތުރުތަކަށް ހިނގާ ޚަރަދު (ދަތުރުފަތުރު، ކޮއްތު އަދި ތިބުމުގެ އިންތިޒާމް) ސަރުކާރުގެ އުސޫލުތަކާއި މާލިއްޔަތު ޤަވާޢިދާއި އެއްގޮތަށް ޓީ.އެން.ސީ.ގެ ދަށުން ހަމަޖައްސައި ދެވޭނެއެވެ. އަދި ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ހޮވޭ ފަރާތްތަކާއިއެކު މިމިނިސްޓްރީން ދެ އަހަރު ބައި ( ½ 2 ) މުއްދަތަށް އެއްބަސްވުމެއް އެކުލަވާލެވޭނެއެވެ.

މި މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ލިބެން ހުންނާނެއެވެ.

ވީމާ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން "ޓާރމްސް އޮފް ރިފަރެންސް" ގައި ދެންނެވިފައިވާ ޝަރުތު ހަމަވާކަން ސާބިތުކޮށްދޭ ވަނަވަރާއިއެކު، 16 ނޮވެންބަރު 2020 ވާ ހޯމަ ދުވަހުގެ 1200 ގެ ނިޔަލަށް ތިރީގައިވާ އެޑްރެހަށް "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުއްވުން އެދެމެވެ.

 

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

ފޯނު ނަންބަރު: 3018328

އީމެއިލް އެޑްރެސް: [email protected]

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3018330، 3018328 އަށް ގުޅުއްވުން އެދެމެވެ.

 10 ނޮވެންބަރު 2020

10 ނޮވެންބަރު 2020
ހޯދާ