ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އުތުރު ބަނދަރު ފަޅުތެރެ، މަސްމާރުކޭޓް އަދި އޮޑިއެހެލާ ސަރަހައްދާއި އެސަރަހައްދުން ފެށިގެން އުތުރަށް، އެއަރޕޯރޓް ސަރަހައްދުގެ ބީޗާއި އެކު ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

މިއިދާރާގެ ނަމްބަރ: (IUL)266/266/2020/107 (05 ނޮވެމްބަރ 2020) އިޢުލާންބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.

އުތުރު ބަނދަރު ފަޅުތެރެ، މަސްމާރުކޭޓް އަދި އޮޑިއެހެލާ ސަރަހައްދާއި އެސަރަހައްދުން ފެށިގެން އުތުރަށް، އެއަރޕޯރޓް ސަރަހައްދުގެ ބީޗާއި އެކު ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. ވީމާ، މިމަސައްކަތަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެމަތީން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 09 ނޮވެމްބަރ 2020 ވާ (ހޯމަ) ދުވަހުން ފެށިގެން 22 ނޮވެމްބަރ 2020 (އާދީއްތަ) ދުވަހުގެ 14:00ގެ ކުރިން މިއިދާރާއަށް ވަޑައިގެން ބީލަމުގައި ނަންނޯޓް ކުރެއްވުމަށް ދަންނަވަމެވެ.

  • މައުލޫމާތު ދިނުން – 23 ނޮވެމްބަރ 2020 ވާ (ހޯމަ) ދުވަހުގެ 13:00 ގައި
  • އަންދާސީ ހިސާބު ހުށަހެޅުން – 30 ނޮވެމްބަރ 2020 ވާ (ހޯމަ) ދުވަހުގެ 13:00 ގައި

މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ކުޅުދުއްފުށީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. މައުލޫމާތު ސެޝަންގައި ބައިވެރި ވެލެއްވޭނީ ބީލަމުގައި ނަންނޯޓް ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު އެރުވެން ނޯންނާނެވާހަކަ ދަންނަވަމެވެ. ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

08 ނޮވެންބަރު 2020
ހޯދާ