ޅ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ޅ. އަތޮޅު ހޮސްޕިޓަލްގައި ކުރަން ހުރި މަރާމާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

 

މިހޮސްޕިޓަލްގައި ކުރަންހުރި ތިރީގައި މިދަންނަވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

  • ހޮސްޕިޓަލް އާ ޢިމާރާތުގެ ތިއޭޓަރ އަދި ލެބޮރޓަރީގެ މުށިތައް ބަދަލްކުރުން
  • ހޮސްޕިޓަލްގެ އާ ޢިމާރާތުގެ އަސްކަނި ސީލިންގ ، ޑަކްޓް އަދި ޕޯޓިކޯ ސީލިންގ މަރާމާތުކުރުން
  • ހޮސްޕިޓަލްގެ ބިއްލޫރި ދޮރުތަކުގައި ސިލިކޯން އެޅުން.
  • ހޮސްޕިޓަލްގެ އޮފީސް ބިލްޑިންގ އަދި ލޭބަރރޫމް ބިލްޑިންގެ ބައެއް މަރާމާތުކުރުން.

މިމަސައްކަތްތަކަށް ޝައުޤުވެރިވާ ފަރާތްތަކުން 08 ނޮވެމްބަރ 2020 ވާ އާދީއްތަ ދުވަހުން ފެށިގެން 19 ނޮވެމްބަރ 2020 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ފޯމް ފުރުމަށްފަހު [email protected] އީ މެއިލް ކުރެއްވުން އެދެމެވެ.

މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 29 ނޮވެމްބަރ 2020 ވާ އާދީއްތަ ދުވަހުގެ ހެނދުނު  10:00 ގައި މި ހޮސްޕިޓަލާއި  މިނިސްޓްރީ އޮފް ހެލްތް ( ރޯޝަނީ ބިލްޑިންގ، ސޯސަންމަގު ) ގައެވެ.

މިއިއުލާނާއި  ގުޅޭގޮތުން  އެއްވެސް  މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 22 ނޮވެމްބަރ 2020 ވާ އާދީއްތަ ދުވަހު 13:00  ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރަން ވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅަންވަޑައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.

08 ނޮވެންބަރު 2020
ހޯދާ