ދިވެހިރާއްޖެ
އިޢުލާން ނަމްބަރ: IUL-D/423/2020/96
އިޢުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ
ފަރެސްމާތޮޑާ ފުޓްސަލް ދަނޑުގެ މާކަރީ ލައިޓްތަށް ބަދަލުކުރުމާއި ލައިޓްތަކުގެ ހޮޅިތަކަށް އަރާފޭބޭގޮތް ހެދުމާއި ޕޭމަންޓް ގާ ބަދަލުކުރުމާއި ކާރޕެޓް މަރާމާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަމްބަރ: IUL-D/423/2020/ 52 އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ ބީލަމުގެ އަގު ބޮޑުކަމަށް މިނިސްޓްރީ އޮފް ޔޫތް،ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއިން ވިދާޅުވާތީ މިމަސައްކަތަށް އަލުން އިޢުލާންކުރަމެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރި ވެލައްވާ ކުންފުނި އަދި އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކުން 15 ނޮވެމްބަރ 2020 ވާ އާދީއްތަ ދުވަހު 13:00 އަށް ފަރެސްމާތޮޑާ ކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 19 ނޮވެމްބަރ 2020 ވާ ބުރާސްފަތި ދުވަހު 13:00 އަށް ފަރެސްމާތޮޑާ ކައުންސިލް އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅަން ވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި " ފަރެސްމާތޮޑާ ފުޓްސަލް ދަނޑުގެ މާކަރީ ލައިޓްތަށް ބަދަލުކުރުމާއި ލައިޓްތަކުގެ ހޮޅިތަކަށް އަރާފޭބޭގޮތް ހެދުމާއި ޕޭމަންޓްގާ ބަދަލުކުރުމާއި، ކާޕެޓް މަރާމާތުކުރުމުގެ މަސައްކަތް މިހެން ލިޔެފައި އޮންނަން ވާނެއެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފު ކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
22 ރަބިޢުލްއައްވަލް 1442
08 ނޮވެމްބަރ 2020