އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކާށި ނީލަން ކިޔުން

                                                     ނަންބަރު:A/IUL/344/2020/25

 

އިޢުލާން

ކާށި ނީލަން ކިޔުން

10 އޮކްޓޯބަރ 2020 ވީ ހޮނިހިރު ދުވަހާއި، 24 އޮކްޓޯބަރ 2020 ވީ ހޮނިހިރު ދުވަހު އަދި 07 ނޮވެމްބަރ 2020 ވީ ހޮނިހިރު ދުވަހު ކާށި ވާ ދޫކުރުމުން، މިކައުންސިލަށް ލިބިފައިވާ ކާށި ނީލަންކިޔުން، 19 ނޮވެމްބަރ 2020 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި މިކައުންސިލްގެ އިދާރާގައި އޮންނާނެ ވާހަކަ ދެންނެވީމެވެ.

ވީމާ، މިނީލަމުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 19 ނޮވެމްބަރ 2020 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް މިކައުންސިލްގެ އިދާރާއަށް ދުރުވެ ދެއްވުން އެދި ދެންނެވީމެވެ. އަދި މި ނީލަމުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން ދުރުވަންވާނީ މާސްކު އަޅުއްވައިގެން ކަމުގައިވެސް ދަންނަވަމެވެ.

 

 

                      22 ރަބީޢުލްއައްވަލް 1442

08 ނޮވެންބަރު 2020
ހޯދާ