މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ތެރެއިން ނ.މަނަދޫގައި ޢިމާރާތްކޮށްފައިވާ 25ގޭގެ ތެރެއިން ޙަވާލުނުކޮށް ހުރި 1 ގެއަށްއެދި ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ތަފްޞީލް

ނ.މަނަދޫ ކައުންސިލާއި މިނިސްޓްރީ އޮފް ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ އާއި ގުޅިގެން ކުރިއަށް ގެންދެވިފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ

ދަށުން ނ.މަނަދޫގައި ޢިމާރާތްކުރެވިފައިވާ 25 ގޭގެ ތެރެއިން ޙަވާލުނުކޮށްހުރި 1ގެއަށް އެދި ފޯމް ހުށަހެޅުއްވުމަށް ހުޅުވާލެވުނު ފުރުސަތުގައި ، ފޯމް

ހުށަހަޅުއްވާފައިވާ ފަރާތްތަކަށް ޕޮއިންޓް ދެވުނު ގޮތުގެ ތަފްޞީލް މިއިޢުލާނާއި އެކު ޢާންމު ކުރެވިފައިވާ ވާހަކަ ދަންނަވަމެވެ. އަދި ލިބިލެއްވި

ޕޮއިންޓާއިމެދު ޝަކުވާ ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން 05 ނޮވެންބަރު 2020 ވާ ބުރާސްފަތި ދުވަހުން ފެށިގެން 19 ނޮވެންބަރު 2020 ވާ

ބުރާސްފަތި ދުވަހާއި ހަމައަށް ލިޔުމަކުން އެކަން މިޢިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.                 

   މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

05 ނޮވެންބަރު 2020
ހޯދާ