މޯލްޑިވްސް ޕޮލިޓެކްނިކް
ދިވެހިރާއްޖެ
މޯލްޑިވްސް ޕޮލިޓެކްނިކްގެ ޑިރެކްޓަރ (ފައިނޭންސް)ގެ މަޤާމަށް ކުރެވިފައިވާ ނަންބަރު: (IUL)213-AD/1/2020/25) އިޢުލާނައި ގުޅޭ؛

މޯލްޑިވްސް ޕޮލިޓެކްނިކުން ޑިރެކްޓަރ (ފިނޭންސް)ގެ މަޤާމަށް ކޮށްފައިވާ ނަންބަރު، (IUL)213-AD/1/2020/25 އިޢުލާނުގައި ސުންގަޑި ނުބައިކޮށްޖެހިފައިވަތީ، އެ މަޤާމަށް އަލުން އިޢުލާނުކުރަމެވެ. ނަމަވެސް، މި މަޤާމަށް ކުރިން އެޕްލިކޭޝަން ހުށަހަޅާފައިވާ ފަރާތްތަކުން އަލުން އެޕްލިކޭޝަން ހުށަހަޅަން ނުޖެހޭނެ ކަމުގައި ދެންނެވީމެވެ.

އިޢުލާނު

 

މަޤާމު:

ޑިރެކްޓަރ

މަޤާމުގެ ނަންބަރު:

J-232129

ބޭނުންވާ އަދަދު:

01  (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އީ.އެކްސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް ޑިރެކްޓަރ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މޯލްޑިވްސް ޕޮލިޓެކްނިކް

މުސާރަ:

8,835 ރުފިޔާ

ސަރވިސް އެލަވަންސް:

2،000 ރުފިޔާ

އެހެނިހެން އެލަވަންސް:

1 ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑިގެ ފައިސާ.

 4. ސަޕޯޓިންގް ކޯ އެލަވަންސް ގޮތުގައި މަހަކު -/1100 ނުވަތަ ޓެކްނިކަލް ކޯ އެލަވަންސް ހަމަޖެހިއްޖެނަމަ، ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި މުސާރައިގެ %28 ލިބޭނެ (ޓެކްނިކަލް ކޯ އެލަވަންސްގެ ކޯ ޑިސިޕްލިންއަކީ އެކައުންޓިންގ އާއި ފައިނޭންސް އެވެ.)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. މޯލްޑިވްސް ޕޮލިޓެކްނިކްގެ އަހަރީ ބަޖެޓް އޮފީހުގެ ވެރިންގެ މަޝްވަރާއާއިއެކު ކަމާއި ގުޅޭ އިދާރާތަކުގެ އިރުޝާދުތަކާއި އެއްގޮތަށް ކަނޑައެޅޭ ސުންގަނޑީގެ ކުރިން ފުރިހަމަކޮށް ނިންމުން.
    1. މާލިއްޔަތުޤާނޫނާއި ގަވައިދުތަކާއި އެއްގޮތަށް ފައިސާއާއި ބެހޭ އެންމެހާ ލިޔެކިޔުންތަށް ރައްކާތެރިކަމާއިއެކު ބެލެހެއްޓުން.
    2. މޯލްޑިވްސް ޕޮލިޓެކްނިކުން ހޯދާޙިދުމަތް ތަކުގެ ބިލްތައް މާލިއްޔަތު ގާނޫނާއި އަދި ގަވައިދުތަކާއި އެއްގޮތައް އަދާކުރުން.
    3. މޯލްޑިވްސް ޕޮލިޓެކްނިކްގައި ކިޔަވައި ދިނުމަށް ބޭނުންވާ ތަކެއްޗާއި އޮފީސް ހިންގުމަށް ބޭނުންވާ ތަކެތި ޙިދުމަތަށް ބުރޫ ނާރަނެ ގޮތަށް ހޯދުން.
    4. މޯލްޑިވްސް ޕޮލިޓެކްނިކްގެ މަރާމާތު ކުރުމުގެ މަސައްކަތުގެ ތެރެއިން ބަޖެޓާއި ގުޅުން ހުރި ހަރަކާތްތައް އަވަސް ގޮތަކަށްކުރުމަށް އިސްކަންދިނުން.
    5. މޯލްޑިވްސް ޕޮލިޓެކްނިކަށް ހޯދޭ ތަކެތި ހޯދޭނީ މާލިއްޔަތު ގާނޫނު އަދި ގަވާއިދުތަކާއި އެއްގޮތަށްތޯ ކަށަވަރުކުރުން.
    6. މޯލްޑިވްސް ޕޮލިޓެކްނިކަށް ބޭނުންވާ މެޝިނަރީސް، ކޮންޒިއުމަބަލް ފަދަ ތަކެތި ހޯދުމުގައި މާލިއްޔަތު ޤާނޫނާއި ގަވައިދުތަކާއި އެއްގޮތަށް ކިޔަވައި ދިނުމަށް ބުރޫ ނާރާ ގޮތަށް ހޯދައިދިނުން.
    7. ބަޖެޓާއި ގުޅުންހުރި ޙިދުމަތްތައް ހޯދުމުގައި އެހެނިހެން އިދާރާތަކުގެ ހުއްދަ ހޯދަން ޖެހޭތިވެ، އެފަދަ ހުއްދަ ހޯދެއްވުމުގައި ކަމާ ގުޅުންހުރި ފަރާތްތަކާއި ގުޅުއްވައިގެން ޙިދުމަތް އަވަސް ކުރުން.
    8. ދަޢުލަތަށްލިބޭ އާމްދަނީ މާލިއްޔަތު ގާނޫނާއި ގަވައިދުތަކާއި އަދި ގުޅުންހުރި އިދާރާތަކުގެ ސާކިއުލާރ ތަކާއި އެންގުންތަކާއި އެއްގޮތަށް ޖަމާކުރުން.
    9. ސެކްޝަންގެ މުވައްޒަފުންނާއި ހަވާލުކުރަންޖެހޭ މަސައްކަތްތައް ހަވާލުކުރުމާއި، ކަނޑައެޅޭ ޝެޑިއުލް އާއި އެއްގޮތައް މަސައްކަތްކުރިއަށްދޭތޯ ޗެކްކޮށް ކަށަވަރުކުރުން.
    10. ސެކްޝަންގެ މުވައްޒަފުންގެ ތެރެއިން މަސައްކަތަށް ފަރުވާ ކުޑަކުރާ މުވައްޒަފުންނަށް ސިވިލް ސާރވިސްގެ އުސޫލުތަކާއި އެއްގޮތަށް ފިޔަވަޅުއެޅުން.
    11. އޮފީހުގެ އެހެނިހެންސެކްޝަން ތަކަށް ހޯދަންޖެހޭ އެހީތެރިކަން ވަގުތަށް ފޯރުކޮށްދިނުން.
    12. ބަޖެޓާއި ގުލޭ ރިޕޯޓްތަކާއި މޯލްޑިވްސް ޕޮލިޓެކްނިކަށް ލިބޭ އާމްދަނީ ރިޕޯޓްތައް ގުޅުންހުރި އިދާރާތަކުން އަންގާ ގޮތެއްގެ މަތިން އެ އިދާރާތަކަށް ލަސްނުކޮށް ފޮނުވުން.
    13. މޯލްޑިވްސް ޕޮލިޓެކްނިކްގެ ވެރިންނާއި މުވައްޒަފަކުން ކުރާ ދަތުރުތަކަށް ކަނޑައަޅާ ޝެޑިއުލްތަކާއި އެއްގޮތަށް އިންތިޒާމްކޮށް، ދަތުރު ރިޕޯޓްތައް އެފަރާތްތަކުން ހޯދޭކަން ކަށަވަރުކުރުން.
    14. މޯލްޑިވްސް ޕޮލިޓެކްނިކްގެ ތިޖޫރީ ބެލެހެއްޓުންމުގެ އިންތިޒާމް ހަމަޖައްސައި، ތިޖޫރީ ބަލަހައްޓަމުންދަނީ ރަނގަޅައްތޯ ކަށަވަރުކުރުން.
    15. އޮފީހަށްބޭންވާ ޙިދުމަތަތަށް ހޯދުމުގެ އިންތިޒާމްތަށް ހަމަޖައްސުމާއި، އެފައިސާ ޙަރަދު ކުރެވޭނީ މާލިއްޔަރު ގާނޫނާއި ގަވައިދުތަކާއި އެއްގޮތަށްތޯ ކަށަވަރުކުރުން.
    16. މުވައްޒަފުންގެ މުސާރައާއި ނަގުދު ފައިސާ ހޯދުމުގެ އިންތިޒާމް ހަމަޖެއްސުމާއި، އެފައިސާ ޙަރަދު ކުރެވެނީ މާލިއްޔަތު ގާނޫނާއި ގަވާއިދުތަކާއި އެއްގޮތަށްތޯ ކަށަވަރުކުރުން.
    17. އޮފީހަށް ބޭނުންވާ ޙިދުމަތްތަށް ހޯދުމުގެ އިންތިޒާމްތަށް ހަމަޖެއްސުމާއި، ޙިދުމަތްތަކުގެބިލް ޙިދުމަތްތަކަށް ބުރޫނާރާގޮތަށް އަދާކުރވޭކަން ކަށަވަރުކުރުން.

އޮފީހުގެ ވެރިން އަންގާ ރަސްމީ މަސައްކަތް ކުރުން.

މަޤާމުގެ ޝަރުޠުތައް:

  • ·       ފައިނޭންސް ނުވަތަ އެކައުންޓިންގ ދާއިރާއިން ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ފައިނޭންސް ނުވަތަ އެކައުންޓިންގ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. 

ނުވަތަ،

ފައިނޭންސް ނުވަތަ އެކައުންޓިންގ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ފައިނޭންސް ނުވަތަ އެކައުންޓިންގ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް، ނުވަތަ އައި.ޑީ ކާޑު ގެއްލިފައިވާ ނަމަ، އެފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓު ނުވަތަ "ޑްރައިވިންގ ލައިސަންސް".  
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)   މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ: ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)    މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާ ނަމަ، އެ ސެޓުފިކެޓްގެ ކޮޕީ. 
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:   

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

(ނ)   ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އުވާލާފައިވާ ތަންތަނުގައި މަސައްކަތްކޮށްފައިވާ ނަމަ،  އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން އަދި އެ ޖަމްޢިއްޔާ/ޖަމާޢަތަކީ ހިނގަމުންދާ ޖަމްޢިއްޔާ/ޖަމާޢަތެއްކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ހ. ޙާސިލްކޮށްފައިވާ ތައުލީމަށް ބަލައިގެން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލްކަން ކަށްވަރުކުރުމަށް ކުރާ އިންޓަރވިއު/ޕްރެޒެންޓޭޝަން/ޕްރެކްޓިކަލްސްއިން.

ރ. މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ތަމްރީނަށް ބަލައިގެން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 10 ނޮވެމްބަރ 2020 ގެ 14:00 ގެ ކުރިން، މޯލްޑިވްސް ޕޮލިޓެކްނިކް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓްކުރެވޭނެއެވެ.

 

އިންޓަވިއު / ޕްރެޒެންޓޭޝަން / އިމްތިޙާން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އާއި ޕްރެޒެންޓޭޝަން އަދި އިމްތިޙާން  އޮންނާނީ، 15 ނޮވެމްބަރ 2020 އާއި 26 ނޮވެމްބަރ 2020 އާ ދެމެދު، މޯލްޑިވްސް ޕޮލިޓެކްނިކް ގައެވެ.  

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3305429 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

05 ނޮވެންބަރު 2020
ހޯދާ