ދިވެހިރާއްޖެ
އިޢުލާން
އިސްދޫ ކަލައިދޫ ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް ކުރިން ކުރި ނަންބަރ GS-187/IUL/2020/03 އިޢުލާން އާއި ގުޅިގެން އެއްވެސް ފަރާތަކުން މި މަސައްކަތް ކުރުމަށް ކުރިމަތިލާފައި ނުވާތީވެ، އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.
19 ނޮވެމްބަރ 2020 އިން 31 ޑިސެންބަރު 2020 އަށް މި ސްކޫލުގައި ސެކިޔުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މި ޚިދުމަތައް އެދި ބީލަން ހުށައެޅޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
މި މަސައްކަތާ ގުޅޭ އެންމެހާ މަޢުލޫމާތު 8 ނޮވެމްބަރ 2020 އިން 15 ނޮވެމްބަރ 2020 ވާ ބުރާސްފަތި ދުވަހުގެ 12:00 އަށް އިސްދޫ ކަލައިދޫ ސްކޫލް އޮފީހުން ލިބެން ހުންނާނެއެވެ. މިބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 16 ނޮވެމްބަރ 2020 ވާ ބުރާސްފަތި ދުވަހުގެ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ. އަދި ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 18 ނޮވެމްބަރ 2020 ވާ ބުދަ ދުވަހުގެ 12:00 ގައި މިސްކޫލުގައެވެ. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
އިސްދޫ ކަލައިދޫ ސްކޫލް
ފޯން: 6800743
އީ-މެއިލް: [email protected]