ދިވެހިރާއްޖެ
މާލޭ ސިޓީ ކައުންސިލަށް ޤާނޫނީ ލިޔުންތައް ތައްޔާރުކޮށްދިނުމާއި އެކި ފަރާތްތަކާއެކު ވެވޭ އެއްބަސްވުންތަކާމެދު ޤާނޫނީ ގޮތުން ބޭނުންވާ ލަފާދިނުމާއި، މާލޭ ސިޓީކައުންސިލުން ކުރާ ދަޢުވާއާއި ލިބޭ ދަޢުވާތައް ދިރާސާކޮށް ކޯޓްތަކުގައާއި ޓްރައިބިއުނަލް ތަކުގައި ކައުންސިލުގެ ފަރާތުން ވަކާލާތު ކޮށްދޭނެ ލޯފާރމެއް ހޯދުމަށްކުރި ނަންބަރު: (IUL)425-A2/1/2020/20 (16 ފެބްރުވަރީ 2020) އިޢުލާނާ ގުޅިގެން ބިޑް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވަނީ އެންމެ ފަރާތަކުން ކަމުގައި ވާތީ، އެ އިޢުލާން ބާޠިލު ކުރުމަށްފަހު އަލުން، ތިރީގައިވާ ގޮތަށް ބިޑްހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
|
ތާރީޚް |
ގަޑި |
ތަން |
މަޢުލޫމާތު ސާފުކުރުން |
10 ނޮވެމްބަރ 2020 (އަންގާރަ) |
13:30 |
ޕްރޮކިއުމަންޓް ސެކްޝަން/ މާލެ ސިޓީ ކައުންސިލް އެމް.ޑަބްލިޔު.އެސްސީގެ ކަސްޓަމަރ ސަރވިސް ބިލްޑިންގ 3 ވަނަ ފަންގިފިލާ |
އަގު ހުށަހެޅުން |
18 ނޮވެމްބަރ 2020 (ބުދަ) |
13:30 |
ޕްރޮކިއުމަންޓް ސެކްޝަން/ މާލެ ސިޓީ ކައުންސިލް އެމް.ޑަބްލިޔު.އެސްސީގެ ކަސްޓަމަރ ސަރވިސް ބިލްޑިންގ 3 ވަނަ ފަންގިފިލާ |
މަތީގައި ދަންނަވާފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިޖެހުމުގެ ފަހުން ބިޑް ހުށަހަޅަން ހާޒިރުވާ ފަރާތްތަކުގެ ބިޑް ބަލައި ނުގަނެވޭނެއެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑް އޮންނަންވާނެއެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް މިކައުންސިލްގެ ނަންބަރު 3321684 އަށް ގުޅުއްވުން އެދެމެވެ.
18 ރަބީއުލްއައްވަލް 1442