ދިވެހިރާއްޖެ
އެމް.ޑަބްލިޔު.އެސް.ސީ ގެ ބިލްތަކަށް ހުޅުމާލެ އިން ފައިސާ ބަލައިގަންނާނެ އެޖެންޓުން ހޯދަން ބޭނުން ބޭނުންވެގެން ކުރެވުނު އިޢުލާން ނަމްބަރު (MWSC-L/3/ADV/2020/084) އަށް އެކަށީގެންވާ އިޖާބައެއް ލިބިފައިނުވާތީވެ އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެެ. ވީމާ، މިމަސައްކަތަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދައުވަތު މިކަމަށް ޝައުގުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް ހުޅުވާލަމެވެ.
މިމަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 10 ނޮވެމްބަރ 2020 ވާ އަންގާރަ ދުވަހު 11:30 އަށް އެމް.ޑަބްލިޔު.އެސް.ސީ ކަސްޓަމަރ ސާރވިސް ބިލްޑިން، 6 ވަނަ ފަންގިފިލާ އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުސަތު ދެވޭނީ މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާ ފަރާތްތަކަށް އަދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓް އިން ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް އެކަންޏެވެ. އަގު ހުށަހަޅުއްވާއިރު އަގު ހުށަހަޅާ ފަރާތުގެ ކުންފުނި ރަޖިސްޓްރީ އަދި ޖީ.އެސް.ޓީ ސެޓްފިކެޓްގެ ކޮޕީ ބިޑާއި އެއްކޮށް ހުށަހަޅަން ވާނެއެވެ.ޕްރޮޕޯސަލް ހުށައެޅުން އޮންނާނީ 16 ނޮވެމްބަރ 2020 ވާ ހޯމަ ދުވަހު 11:30 ގައި އެމް.ޑަބްލިޔު.އެސް.ސީ ކަސްޓަމަރ ސާރވިސް ބިލްޑިން، 6 ވަނަ ފަންގިފިލާގައެވެ.