ދިވެހިރާއްޖެ
ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް، މަސްކެއްކުމަށް ބޭނުންވާ ދަރު ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
މަސައްކަތުގެވެރިފަރާތް: މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީލިމިޓެޑް
ޝަރުޠު: ދަރު ސަޕްލައި ކޮށްދިނުމަށް އެދި އަގު ހުށަހެޅޭނީ، ކުންފުންޏަކަށް ނުވަތަ، ފަރުދީގޮތުން ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތަކަށެވެ.
ރަޖިސްޓްރީ ކުރުން: ދަރު ސަޕްލައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 15 ނޮވެމްބަރ 2020 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 14:00ގެ ކުރިން [email protected] އީ- މެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.
މައުލޫމާތުދިނުން: ރަޖިސްޓްރީ ކުރާފަރާތްތަކަށް، މަސައްކަތުގެ މަޢުލޫމާތު ކަރުދާސް 15 ނޮވެމްބަރ 2020 އާދީއްތަ ދުވަހުގެ ހަވީރު 16:00ކުރިން އީމެއިލް މެދުވެރިކޮށް ފޯރުކޮށްދެވޭނެއެވެ.
ބީލަން ކަރުދާސް: ބީލަން ކަރުދާސް ހުށަހެޅުމުގެ ސުންގަޑިއަކީ 2020 ނޮވެމްބަރ 19 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 އެވެ. ބީލަން ކަރުދާސް ހުށަހެޅުމުގެ ސުންގަޑީގެ ފަހުން ގެންނަ ބީލަން ކަރުދާސް ބަލައިނުގަނެވޭނެ ކަމުގައިވެސް ދަންނަވަމެވެ. އަދި ބީލަންކަރުދާސް ހުޅުވުން އޮންނާނީ ބީލަން ކަރުދާސް ހުށަހެޅުއްވި ފަރާތްތަކުގެ ޙާޟިރުގައެވެ. ބީލަން ކަރުދާސް ހުށަހަޅާނީ، ތިރީގައިވާ އެޑްރެހަށެވެ.
މޯލްޑިވްސްއިންޑަސްޓްރިއަލްފިޝަރީޒްކޮމްޕެނީލިމިޓެޑް (މިފްކޯ)
389 ނަންބަރު ކޮށި / މާފަންނު
ހިލާލީ މަގު / މާލެ
އިތުރުމަޢުލޫމާތުހޯއްދެވުމަށްގުޅުއްވާނީ:
ފޯނު: 3323932
ފެކްސްް: 3323935
އީމެއިލް: [email protected]
05 ނޮވެމްބަރ 2020