ދިވެހިރާއްޖެ
90 (IUL)202-A/1/2020/
އިޢުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ
މިއޮތޯރިޓީގެ ޤާނޫނު ނަމްބަރު 5/2009 )އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) ގެ ދަށުން ހެދިފައި ހުރި ބަޔެއް ޤަވާއިދުތަކަށް ގެންނަންޖެހޭ އިސްލާޙުތައް ގެނައުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދަން ބޭނުންވެގެން. 2020 އޮކްޓޫބަރު 28 ވަނަ ދުވަހު ކުރެވުނު ނަމްބަރު 89IUL)202-A/1/2020/) އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރްހީބެއް ލިބިފައިނުވާތީވެ، މިއިޢުލާން ބާޠިލުކޮށް އަލުން އިޢުލާންކުރަމެވެ.
ވީމާ މިމަސައްކަތް ކޮށްދިނުމަށް ޝަޢުގުވެރިވާ ފަރާތްތަކުން 2020 ނޮވެމްބަރު 08 ވާ އާދީއްތަދުވަހުގެ 10:00 އަށް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ މ.ޗަނބޭލީ ވިލާގެ (ކުރީގެ ސްޓަރސިނަމާ) 2 ވަނަ ފަންގިފިލާއަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 2020 ނޮވެމްބަރު 19 ވާ ބުރާސްފަތިދުވަހު 10:30 އަށް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ މ.ޗަނބޭލީ ވިލާގެ (ކުރީގެ ސްޓަރސިނަމާ) 2 ވަނަ ފަންގިފިލާއަށް ޙާޟިރުވެ އަންދާސީ ހިސާބު ހުށަހެޅުން އެދެމެވެ.
އަދި ދަންނަވަމެވެ. އަންދާސީހިސާބު ހުށަހެޅުމަށް ގަޑިޔަށް ޙާޟިރުނުވާ ފަރާތުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.
18 ރަބީޢުލްއާޚިރާ 1442
4 ނޮވެމްބަރު 2020