މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
އެދުރުވެހި ޢިމާރާތުން ހުސްވި 3 ފްލެޓަށް އެދުނު ފަރާތްތަކުގެ ވަގުތީ ލިސްޓް އާންމުކުރުން

އިޢުލާން

އެދުރުވެހީގެ ފްލެޓަށް އެދި ފޯމް ހުށަހެޅި ފަރާތްތަކުގެ ތެރެއިން " އެދުރުވެހީގެ ފްލެޓްތައް ކުއްޔަށް ދިނުމުގެ އުޞޫލް" ގެ 6  ވަނަ މާއްދާގެ (ށ) ގައި ވާގޮތުގެ މަތިން، އެދުރުވެހީގެ 2 ކޮޓަރީގެ 3 ފްލެޓަށް އެދުނު ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ތަރުތީބު ވަގުތީ ލިސްޓް 2020 ނޮވެންބަރު 04 އިން ފެށިގެން ގެޒެޓްގައި ޝާއިޢު ކޮށްފީމެވެ. އަދި މި ލިސްޓް އެޑިޔުކޭޝަން ޑިވެލޮޕްމެންޓް ފަންޑު ގެ އިދާރާ/ އެދުރުހިޔާ 9 ވަނަ ފަންގިފިލާގަ އާއި އެދުރުވެހީގެ ނޯޓިސްބޯޑު އަދި މިނިސްޓްރީގެ ނޯޓިސް ބޯޑުގައި ބެހެއްޓުމުގެ އިތުރަށް، މިމިނިސްޓްރީގެ ވެބްސައިޓް www.moe.gov.mv ގައި 2020 ނޮވެންބަރު 04  އިން ފެށިގެން ޝާއިޢު ކޮށްފީމެވެ.

ވީމާ، މި ދެންނެވި ވަގުތީ ލިސްޓަށް ޝަކުވާ ހުށަހަޅުއްވަން ބޭނުންފުޅުވާނަމަ، 2020 ނޮވެންބަރު 05 އިން ފެށިގެން ރަސްމީ ބަންދުނޫން 5 ދުވަހުގެ ތެރޭގައި، 2020 ނޮވެންބަރު 05 އިން 11 ގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ފެށިގެން މެންދުރުފަހު 2:00 އަށް އެޑިޔުކޭޝަން ޑިވެލޮޕްމެންޓް ފަންޑު ގެ އިދާރާ/ އެދުރުހިޔާ 9 ވަނަ ފަންގިފިލާގެ ކައުންޓަރަށް ވަޑައިގެން ނުވަތަ އީމެއިލް [email protected] އަށް ލިޔުމުން ޝަކުވާ ހުށަހަޅުއްވަމުން ގެންދެވުން އެދެމެވެ.

04 ނޮވެންބަރު 2020
ހޯދާ